ރަހީނުކުރި މައްސަލައިގައި ހިމެނޭ 18 މީހުންގެ ފޮޓޯ ފުލުހުން ޢާންމުކޮށްފައިވާއިރު އޭގެތެރޭގަިއ 18 އަހަރުގެ ދެމީހުން ހިމެނޭ ކަމަށާއި އެ އެންމެން މިހާރު ތިބީ ބަންދުގައި ކަމަށް ފުލުހުން ބުނޭ.
669 ދުވަސް ކުރިން - 15:42
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އަނިޔާ ލިބުނު ފަރާތަކީ ދިވެހި ފިރިހެނެއް ކަމަށް. އަނިޔާ ލިބުނު ފަރާތަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވޭ.
718 ދުވަސް ކުރިން - 06:28
މިދިޔަ އަހަރު މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ފިލައިގެން އުޅުނު 3 މީހަކު ހައްޔަރުކޮށްފި.މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ޑިޕޯޓްކޮށްލުމާ ގުޅިގެން ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން. މީގެ ތެރެއިން ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެއް މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވޭ
718 ދުވަސް ކުރިން - 06:12
ފާއިތުވި ހޯމަ ދުވަހު، ފުލުހުންގެ އޮފިސަރަކު އަންހެނަކަށް މަރުގެ އިންޒާރު ދިންކަމަށް ބުނާ މައްސަލައެއް ހުށަހެޅި، އޭގެ ތަޙުޤީޤު ވަނީ ފެށިފަ. މި މައްސަލައާ ގުޅުންހުރި ބިރުދެއްކުމުގެ ފޯނު ކޯލްތަކުގެ ރެކޯޑިންގތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، މި މައްސަލައަށް ޢާންމުންގެ ސަމާލުކަން ލިބި، ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށައިފި.
734 ދުވަސް ކުރިން - 21:40
ގެއްލިގެން ހޯދަމުންދާ ތަސްލީމް މުހައްމަދުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަމާއި ގުޅޭ ޖިނާޢީ ތަހުޤީޤެއް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެއްލުނު ސަރަޙައްދު ފުޅާ ދާއިރާއެއްގައި ބަލާ ފާސްކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވާތީ ފުލުހުން ދަނީ ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ބަޔާން ނަގަމުން.
736 ދުވަސް ކުރިން - 20:27
އަތުހަރު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް ވަޅިން ބިރުދެއްކި މައްސަލައެއްގަ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އަންހެން މީހާ ސަލާމަތްކޮށް އަތުހަރު ހައްޔަރުކޮށްފަ. ދޫނިދޫ ޖަލުގައި އަމިއްލައަށް މަރުވާން އުޅުމުގެ ތެރޭގައި އޭނާ ސަލާމަތްކޮށް މިވަގުތު އޮތީ ވެންޓިލޭޓަރުގައި
737 ދުވަސް ކުރިން - 22:37
ހައްޔަރުކުރެވުނު މީހާއަކީ 26 އަހަރުގެ ސީރިއާގެ ހިޖުރަވެރިއެއް. މި ހަމަލާގައި 3 މީހަކު މަރުވެ، 8 މީހަކަށް އަނިޔާވެފައިވޭ.
744 ދުވަސް ކުރިން - 16:21