ހުޅުމާލެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އިނގިލި ބުރިކުރަން ތައްޔާރުވަމުން ދަނިކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި 12 މީހުންގެ ވަނަވރު ފުލުހުން ޢާންމުކޮށްފިއެވެ.
ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި 18 އަހަރުގެ ދެ މީހުން ތިބި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން 3 މީހަކު ފަސް ދުވަހަށް އަދި 9 މީހަކު ހަތް ދުވަހަށް ބަންދު ކޮށްފައިވާއިރު،
ފަސް ދުވަހަށް ބަންދުކުރި 3 މީހުންނަކީ:
އަލްމާން އަލީ ހާލިދު (22އ)، ގދ. ވާދޫ
މުހައްމަދު އިޒްކާން (18އ)، ކ. މާލެ
އިޒާން އަހުމަދު (18އ)، ކ. ގުރައިދޫ އެވެ.
ހަތް ދުވަހަށް ބަންދު ކުރި 9 މީހުންނަކީ:
އަހުމަދު ޒާހިދު (36އ)، ށ. ފޯކައިދޫ
އާދަމް ހުސައިން (48އ)، ލ. މާވަށް
އިބްރާހިމް ނަޝީދު (34އ)، ލ. އިސްދޫ
އަހުމަދު ސަމީހު (22އ)، ބ. ގޮއިދޫ
އިސްމާއިލް ވިޝާމް މުހައްމަދު (29އ)، ކ. މާލެ
ވިޝާމް މުހައްމަދު (23އ)، ގދ. ވާދޫ
ވިޝާން މުހައްމަދު (30އ)، ހުޅުމާލެ
މުސްތާގު ޝާކިރު (37އ)، ގދ. ވާދޫ
ހައްސަން ގާލިބު (38އ)، ކ. މާލެ
މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބުނީ މީހަކު ރަހީނުކޮށްގެން ހިޔާ ފުލެޓަށް ވެއްދި ކަމަށެވެ. އެއާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައި ހުރީ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށާއި ފުލުހުން ވަނީ އެޕާޓްމެންޓްގެ ދޮރު ވައްޓާލައިގެންނެވެ.









