Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނެޕީގެ ބަދަލުގައި ޣައްޒާ ކުޑަކުދިން މިހާރު ބޭނުންކުރަނީ ޕުލާސްޓިކު ކޮތަޅު

ނެޕީގެ ބަދަލުގައި ޣައްޒާ ކުޑަކުދިން މިހާރު ބޭނުންކުރަނީ ޕުލާސްޓިކު ކޮތަޅު

ޢަބްދުﷲ ޖުނައިދު
411 ދުވަސް ކުރިން - 25 ޖުލައި 2025 16:56
ޣައްޒާގެ މަންމައެއް ކަމަށްވާ ޝަބާ އޭނާގެ ދަރިފުޅު އުރާލައިގެން: އެހީ ހުއްޓިފައިވާތީ ޣައްޒާ ކުޑަކުދިން ނެޕީގެ ބަދަލުގައި ބޭނުންކުރަނީ ޕުލާސްޓިކް ކޮތަޅު.
ޣައްޒާގެ މަންމައެއް ކަމަށްވާ ޝަބާ އޭނާގެ ދަރިފުޅު އުރާލައިގެން: އެހީ ހުއްޓިފައިވާތީ ޣައްޒާ ކުޑަކުދިން ނެޕީގެ ބަދަލުގައި ބޭނުންކުރަނީ ޕުލާސްޓިކް ކޮތަޅު.
ޚުލާސާ

ޣައްޒާގެ ކުޑަކުދިންނަށް ކާނާ ނުލިބޭ. ޒަރޫރީ އެއްވެސް އެއްޗެް ނުލިބޭ. ކޮންމެ ފަސްކުއްޖަކުން އެއްކުއްޖަކީ އެއްވެސް އެއްޗެއް ނުލިބޭ ކުއްޖެއް. ނެޕީގެ ބަދަލުގައި ޖަހަނީ ޕުލާސްޓިކު ކޮތަޅު.

ޣައްޒާގައި މިހާރު އޮތީ ހަމައެކަނި ހިމޭންކަމާއި ބަނޑުހައިހޫނުކަމާއި ހިތާމައެވެ. ވާރެއާއި ހޫނުން ކިރިޔާ ހިޔާވާ ޓެންޓުތަކުގައި މައިން އެމީހުންގެ ދަރިން ގޮވައިގެން އެ އުޅޭ ޙާލު ބަޔާންކުރަންވެސް އުނދަގުލެވެ.

މި ފޮޓޯއިން ފެންނަ ތުއްތު ކުއްޖާގެ ނަމަކީ މުޙައްމަދެވެ. އޭނާ އަދި ދުނިޔޭގައި އެބަހުއްޓެވެ. އެކަމަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރާއި ހަނގުރާމަކުރަނީ ހިތްދަތިކަމާއި އެކުގައެވެ. އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބޭތީވެ މިއަދު ޣައްޒާގެ ގިނަ ކުޑަކުދިން ފަދައިން ނެޕީގެ ބަދަލުގައި އޭނާ ވެސް ޖަހަނީ ޕްލާސްޓިކް ކޮތަޅެކެވެ.

ޣައްޒާގެ އުތުރުން ގެދޮރު ގެއްލިފައިވާ މުޙައްމަދުގެ މަންމަ ޝަބާ ނޫސްވެރިއެއްގެ ގާތުގައި ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިން ހިތާމައެއްގެ އަސަރެއް ނުދައްކާކަހަލައެވެ. ހީލާފައި ބުނީ، އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ޣައްޒާގެ އެހެން މީހުންނެކޭ އެއްގޮތަށް އޭނާގެ އަތުގައި ވެސް ކާއެއްޗެއް، ކިރެއް، ސާފު ބޯފެނެއްވެސް ނެތެވެ. ނަމަވެސް އަސަރުން ފުރިގެންވާ އެހެން ވާހަކައެއް އޭނާ ހިއްސާކުރިއެވެ. “އަހަރެން ބިރުގަނޭ އަހަރެންގެ ދަރިފުޅު ދިރިހުއްޓާ ވަޅުލާންޖެހިދާނެތީ. ޝަބާ އާއި ދިމާވި ބީބީސީ ނޫސްވެރިޔަކު ބުނެފައިވެއެވެ.

Advertisement

Advertisement 1

ޔޫއެންއާރުޑަބްލިއުއޭ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޣައްޒާގެ ކޮންމެ ފަސްކުއްޖަކުން އެއްކުއްޖަކަށް އެއްވެސް ވަރަކަށް ކާނާ އެއް ނުލިބެއެވެ. އަދި ދުވަހަކަށްވުރެ ދުވަހަކު މި ޢަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހީ ވައްދަން ހުރިނަމަހުރި ހުރިހާ ދޮރެއް އިސްރާއީލުން ބަންދުކޮށް، އެހީގެ ދޮރުތައް ބަންދުކުރިކުރުން ޖަހަނީ ހަމާސްގެ ބޮލަށެވެ. ހަމާސްއިން އަޅުވަނީ އިސްރާއީލުގެ ބޮލުގައެވެ. އެހީތައް އޮތީ ހުއްޓިފައެވެ. 100 އަށްވުރެ ގިނަ ޖަމާޢަތުން ޣައްޒާގެ ކުޑަކުދިން ބަނޑަށްޖެހި މަރުވަނީއޭ ބުނެ އިންޒާރު ދިނުމުން، އެހީގެ ކަންކަން ރަނގަޅު ކުރާނެ ކަމަށް އިސްރާއީލުން ބުންޏަސް އަދިވެސް އެކަމަކަށް ހެޔޮ ބަދަލެއް ނާދެއެވެ. ސިޔާސީ ބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް ޖަދަލު ކުރައްވާއިރު، މުޙައްމަދު ފަދަ އެތައް ތުއްތު ކުއްޖެއް ކިތަންމެ ވަރަކަށް ރުޔަސް އެ ޟަޢީފު ލޯތަކުން ކަރުނައެއްވެސް ނާދެއެވެ. އެ ކުދިންގެ ކަރުނަތައް ވެސް ހުސްވެއްޖެއެވެ. ހިކިއްޖެއެވެ.

ދުވާލެއްގެ މައްޗަށް ކުޑަކުޑަ އެންމެ ރޮށިކޮޅެއްގެ މިންވަރުވެސް ނުލިބޭ އެތައް ކުޑަކުދިން ޣައްޒާގައި މިއަދު ތިބިއިރު އެމީހުންނަށް ދޭނެ ބޭހެއްވެސް ނެތެވެ. ޓެންޓްތަކުގެ ތެރޭގައި އެ ތުއްތު ކުދިން ހިމޭންކަމުގައި ތުރުތުރު އަޅަމުންދާއިރު، އެކުދީންގެ މަންމަމެންވެސް ތިބީ ބަނޑުހައިވެގެން ހަދާނެ ގޮތެއް ނޭނގިފައެވެ. ރޯލާނެ ހިއްވަރެއްވެސް ނެތެވެ. މި އާޓިކަލްގައި ޖަހާފައިވާ ފޮޓޯގައި އެފެންނަ ޝަބާ ވެސް ބީބީސީގެ ރިޕޯޓަރާއި ވާހަކަ ދެއްކިއިރު އޭނާ ހިނިތުންވެފައިހުރީ އެހެންވީމަ ކަމަށް ވެދާނެއެވެ. ލޮލުން ކަރުނަ ނާންނަނީއެވެ. ހަމަ ނާންނަނީއެވެ.

ޣައްޒާގައި މިހާރު އެހިންގަނީ ތަފާތު ހަނގުރާމައެކެވެ. ކާއެއްޗެއްސާއި ޒަރޫރީ ހުރިހާ އެއްޗަކުން މަޙްރޫމް ކުރުވުމަށްފަހު މަޑުމަޑުން މަރައިލަނީއެވެ.

މި ފޮޓޯއަށް ރަނގަޅަށް ޒޫމްކޮށްގެން ބެލުމަށްފަހު މިއީ ތިބާގެ ދަރިފުޅު ކަމަށް ތަޞައްވުރު ކޮށްލައްވާށެވެ.

ކާނާ ނުލިބި ހިކި އަނަރޫފަ ވެފައިވާ ޣައްޒާގެ ތުއްތު ކުއްޖެއް ކަމަށްވާ މުޙައްމަދު ނެޕީގެ ބަދަލުގައި ޕުލާސްޓިކް ކޮތަޅެއް ޖަހައިގެން. / ފޮޓޯ: އަޙްމަދު ޖިހާދު އިބްރާހީމް އަލް-އަރީނީ.

ޣައްޒާރިޕޯޯޓްރިޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

28 ދުވަސް ކުރިން - 14:25

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައިފި؛ ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައި ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

30 ދުވަސް ކުރިން - 07:41