Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހިންނަށް އިންޑިއާ ވަރަށް މުހިއްމު ވާނެ

ދިވެހިންނަށް އިންޑިއާ ވަރަށް މުހިއްމު ވާނެ

ޢަބްދުﷲ ޖުނައިދު
367 ދުވަސް ކުރިން - 25 ޖުލައި 2025 09:59
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް ޑރ. މުޢިއްޒު މިއަދު  މަރުހަބާ ދަންނަވަނީ. އިންޑިއާއަކީ ރާއްޖޭގެ ކުރިމަގަށް ވަރަށް މުހިއްމު ގައުމެއް.
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް ޑރ. މުޢިއްޒު މިއަދު މަރުހަބާ ދަންނަވަނީ. އިންޑިއާއަކީ ރާއްޖޭގެ ކުރިމަގަށް ވަރަށް މުހިއްމު ގައުމެއް.
ޚުލާސާ

އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ނުފޫޒު ގަދަ ގައުމެވެ. ދުނިޔޭގެވެސް ބަސްކިޔޭ ބޮޑު ބާރަކަށް ވަމުން އަންނަ ގައުމެކެވެ. އެހެންކަމުން ރާއްޖެއަށް އިންޑިއާ ވަރަށް މުހިއްމެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެއް ހަގީގަތެއް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބާރެއްގެ ގޮތުގައި އިންޑިއާ ކުރިއަރަމުންދާ މަންޒަރެވެ. މިކަންމިހާރު ވެފައިވަނީ ދުރު މުސްތަގުބަލަކަށްވުރެ ބޮޑަށް، މިހާރުގެ ހަގީގަތަކަށެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި އިންޑިއާގެ އިގުތިސާދު ހަލުވިކަމާއެކު ކުރިއަރައި، އަސްކަރީ ބާރު ގަދަވެ، ބައިނަލްއަގުވާމީ ނުފޫޒު ފުޅާވަމުންދާ މި ދަނޑިވަޅަކީ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގައި މުހިންމު ދައުރެއް އިންޑިއާ އަދާކުރަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް، އަޅުގަނޑުމެންގެ ސަލާމަތާއި، ރައްކާތެރިކަމާއި، ތަރައްގީ ބިނާވެފައިވަނީ އަޅުގަނޑުމެންނާ އެންމެ ގާތުގައި އޮތް، އަދި އެންމެ ބާރުގަދަ އަވައްޓެރި އިންޑިއާއާ އެކު އަޅުގަނޑުމެންގެ ގުޅުން ބެހެއްޓޭ ގޮތެއްގެ މައްޗަށެވެ.

ދުނިޔޭގައި އެންމެ ބިޒީކޮށް ހަރަކާތްތެރިވާ ކަނޑުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމީ، އަޅުގަނޑުމެންނަށް ބޭރުގެ ފިއްތުންތަކަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ތަނެއްކަން ހާމަކޮށްދޭ ކަމެކެވެ. މި ނާޒުކު ޖިއޯޕޮލިޓިކަލް ސަރަހައްދުގައި، ދިވެހިރާއްޖެއަށް އިންޑިއާގެ ހިމާޔަތް ވަރަށް މުހިއްމެވެ. އިންޑިއާއާއި ގުޅިގެން ކުރިޔަށްދާން އެބަ ޖެހެއެވެ. އެއީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ރައްކާތެރިކޮށްދޭ އައްޑަނައެއް ވެސް މެއެވެ.

ކުރީގެ ސިޔާސީ ހީނަރުކަންތަކަށް ފަހު ވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު މޯދީގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާކަން ފާހަގަކުރެވެއެވެ. މިކަން އެންމެ ސާފުކޮށް ފެނިގެންދިޔައީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ޝަރަފުވެރި ދަތުރުފުޅާއި އަދި އެއަށްފަހު ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޖަލްސާއަށް ރައީސް ޑރ. މުޢިއްޒުގެ ދައުވަތަކަށް މިއަދު މޯދީ މި ފަސްގަނޑަށް ވަޑައިގަތުމެވެ.

Advertisement

Advertisement 1

ރައީސް އިންޑިއާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ދެ ލީޑަރުން ސޮއިކުރެއްވި "އިންޑިއާ–މޯލްޑިވްސް ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" އެވެ. މި އެއްބަސްވުމުގައި ރާއްޖެއަށް ބޭނުންވާ ދިފާޢީ ތަމްރީނާއި، ރާއްޖޭގެ ސަލާމަތާއި، ރާއްޖޭގެ އިގްތިސާދަށް “ތެޔޮ ޖެހުމަށް” އިންވެސްޓްމެންޓާއި، އަސާސީ ހިދުމަތްތައް ތަރައްޤީ ކުރުމުގެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ވެސް މެއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި، ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުއާއި، ސޯޝަލް ހައުސިންގ ފްލެޓްތައް ބިނާކުރުމުގެ މަސައްކަތްތަކަކީ އިންޑިއާގެ އެހީތެރިކަމެވެ. އަދި އިންޑިއާއިން ވަނީ ދަރަނިތައް ރޯލްއޯވަރ ކޮށްދީ، 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފޯރުކޮށްދީ، އަދި އައު ލައިންސް އޮފް ކްރެޑިޓްތައް ވެސް ދޫކޮށްފައެވެ. މިކަންކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދު ގިނަގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައި ހަމަޖެހުމެއް ހޯދުމަށް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޖަލްސާއާއި އެއާއި ގުޅިގެން ކުރިޔަށްދާ ހަރަކާތްތަކުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަތުމަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ދުނިޔެއަށް ދައްކައިދޭ ވަރަށް ބާރުގަދަ މެސެޖެކެވެ.

އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް، ހަމަޖެހިގެން ކުރިއަރަން ބޭނުންނަމަ، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ވެރިންގެ “ޓޭބަލަށް އަރާ” އިންޑިއާއަކީ ދިވެހިރާއްޖެއަށް ނުލާހިކު މުހިއްމު ގައުމެކެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް އިހުތިރާމު ކުރެއެވެ. މިއީ ޖޯގުރަފީ އާއި ޖިއޯޕޮލިޓިކްސްގެ ސަބަބުން “ހުޝިޔާރު” ޑިޕްލޮމަސީއެއްގެ މުހިންމުކަން ހާމަވާ ދުނިޔެއެއްގައި، ދެގައުމުގެ ބާރު ވަރުގަދަ ކުރުމުގެ މުހިންމު ކަމެކެވެ.

އިންޑިއާ - ރާއްޖެމިނިވަން ދުވަސްނަރެންދްރަ މޯދީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

15 ގަޑިއިރު ކުރިން - 14:06

މިހާތަނަށް 1.6 މިލިއަން ގަސް އިންދައިފި؛ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

16 ގަޑިއިރު ކުރިން - 13:50

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

16 ގަޑިއިރު ކުރިން - 13:35

ރިޕޯޓް: ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

23 ގަޑިއިރު ކުރިން - 06:23

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ދުވަސް ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ދުވަސް ކުރިން - 13:55