Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށަނީ

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށަނީ

އަހްމަދު އީޒާން
321 ދުވަސް ކުރިން - 24 ޖުލައި 2025 17:27
އާރުޓީއެލްގެ ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތައް / ފޮޓޯ: އެމްޓީސީސީ
އާރުޓީއެލްގެ ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތައް / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ދަތުރުތައް ފަށާއިރު, އަންނަ ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ.

ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒޯން 2ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ބ. އަތޮޅުގައި ދަތުރުތައް ފަށާއިރު, އަންނަ ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެއަށް ފަހު ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އާރުޓީއެލް ފެރީ ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

Advertisement

Advertisement 1

ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށައިފަ އެވެ. ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުން، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވޭނެ އެވެ. އަދި ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުނީ އެވެ.

މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މުހިންމު މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

އާރުޓީއެލް ފެރީއެމްޓީސީސީޓްރާންސްޕޯޓްދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

7 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

9 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

10 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

16 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

24 ދުވަސް ކުރިން - 15:36