ދިރިއުޅުމުގެ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި މެލޭޝިއާ ސަރުކާރުން އަންނަ މަހުން ފެށިގެން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 100 ރިންގިޓް ދޭން ނިންމައިފި ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް އިއުލާން ކުރައްވައިފި އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 365.28 ރުފިޔާއެވެ.
މި ފައިސާ ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމުމާއެކު، އޮގަސްޓު މަހު 15 ބިލިޔަން ރިންގިޓް ނުވަތަ 3.55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ 13 ބިލިޔަން ރިންގިޓުގެ ބަޖެޓުގައި ކުރިން ހިމަނާފައި ނެތް ކަމެކެވެ. ނަމަވެސް މި ފައިސާއަކީ ޤަވާއިދުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ.
މެލޭޝިއާ ސަރުކާރުން މި ފިޔަވަޅު އެޅީ ކާބޯތަކެއްޗާއި ތެލާއި އަދި އެހެނިހެން ކުއްޔާއި ބިލްތަކަށް ހޭދަކުރަން ޖެހޭ މިންވަރު އިތުރުވެ އެޤައުމުގެ ރައްޔިތުން މުޒާހަރާ ކުރުމުންނެވެ. މެލޭޝިއާގެ ކާބޯތަކެތީގެ އަގުތައް ވަނީ 2މި އިނާޔަތް ދިނުމަށް މެލޭޝިޔާގެ ސަރުކާރުން 15 ބިލިޔަން ރިންގިޓް ނުވަތަ 3.55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ 13 ބިލިޔަން ރިންގިޓަށްވުރެ ދެ ބިލިޔަން ރިންގިޓު އިތުރު ޢަދަދެކެވެ. މި ފައިސާއަކީ ޤަވާއިދުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ.
މެލޭޝިއާގައި ކާބޯތަކެތީގެ އަގު ވެސް އުފުލިފައެވެ. އެ ޤައުމުގެ ސަރުކާރުން ދަނީ ތަކެތީގެ އަގު ހަމަޔަކަށް އެޅުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަބްސިޑީ އިސްލާހުކުރުމަށް ވެސް މަސައްކަތް ކުރަމުންދާއިރު 2.5 ރިންގޮޓަށް ވިއްކި ތެޔޮ ލީޓަރު ވެސް 1.99 ރިންގިޓަށް ތިރިވާނެއެވެ.