މާފަރުގެ ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ރައްޔުތުންނަށް ވީ ވައުދުފުޅު ރައީސް ފުއްދަވައިދީފިއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެރަށުގެ ހެލްތު ސެންޓަރު އިމާރާތުގައި 21 އެނދުގެ ޖާގަ އިތުރުކުރުމަށް ވީ ވައުދުފުޅަށް ކޮންޓްރެކްޓަރާއިއެކު ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހިންގުމުގެ ކޮންސްޓްރަކްޝަން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫއު މި މަހު 21 ވަނަ ދުވަހު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.









