Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައިރި މުސްތަޤްބަލެއްގައި އުފާވެރި ޚަބަރެއް ލިބޭނެ: ޒަޔަނިސްޓުންގެ ރައީސް

ކައިރި މުސްތަޤްބަލެއްގައި އުފާވެރި ޚަބަރެއް ލިބޭނެ: ޒަޔަނިސްޓުންގެ ރައީސް

ޖަވާދު
402 ދުވަސް ކުރިން - 24 ޖުލައި 2025 13:17
ޒަޔަނިސްޓުންގެ ރައީސް އީޓްސްހާކް ހެރްސޮގް ޣައްޒާގައި ތިބި ޔަހޫދީ ސިފައިންނާއެކު / ފޮޓޯ: އޭޕީ
ޒަޔަނިސްޓުންގެ ރައީސް އީޓްސްހާކް ހެރްސޮގް ޣައްޒާގައި ތިބި ޔަހޫދީ ސިފައިންނާއެކު / ފޮޓޯ: އޭޕީ
ޚުލާސާ

އުފާވެރިޚަބަރެއް ލިބޭނެ ކަމަށް ޒަޔަނިސްޓް ރައީސް އެ ބުނާ ވާހަކައަކީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަންވާނެ ވާހަކަ. މިކަމުގައި ޙަމާސްގެ ރަޢުޔެއް ނެތް.

ކައިރި މުސްތަޤްބަލެއްގައި އުފާވެރިޚަބަރެއް ލިބޭނެ ކަމަށް ޒަޔަނިސްޓުންގެ ރައީސް އީޓްސްހާކް ހެރްސޮގް ބުނެފިއެވެ. އޭނާ މިހެން ބުނީ އިއްޔެ ޣައްޒާގައި ތިބި އިސްރާއީލުގެ ސިފައިންނާއި ބައްދަލުކޮށެވެ.

އޭނާ ބުނީ ޣައްޒާގައި ތިބި މުސްލިމުންނަށް ކާނާ ފޯރުކޮށްދިނުމުގައި އިސްރާއީލުން އެއްވެސް ގޯހެއް ނަހަދާ ކަމަށާއި، ވަރަށް ރަނގަޅަށް އިސްރާއީލުގެ ސިފައިންނާއި އިދާރާތަކުން ޣައްޒާގައި ޢަމަލުކުރަމުންދާ ކަމަށެވެ.

މުސްލިމު އެތައް ކުޑަކުދިންނާއި އަންހެނުންނެއްގެ ގަޔަށް ބޮން އަޅައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލުމަކީ ފަޚުރެއް ކަމަށް ދޭހަވާ ގޮތަށް އޭނާ އިސްރާއީލުގެ ސިފައިންނާއި ވާހަކަ ދެއްކިއެވެ. މުޅި ޣައްޒާ ސުންނާފަތިކޮށްލިއިރު އޭނާ ބުނީ އިސްރާއީލުން ގޯހެއް ނަހަދާ ކަމަށެވެ.

Advertisement

Advertisement 1

ޒަޔަނިސްޓު ރައީސް ހެރްސޮގް ބުނީ، ޙަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އޭނާ އެ ބުނާ އުފާވެރި ޚަބަރަކީ އެއީ އެވެ. ނަމަވެސް ޙަމާސް އަކުން ހުރިހާ ރަޙީނުންތައް ދޫކޮށްލާނެ ކަމަށް ބުނެ ބަޔާނެއް އަދި ނެރެފައެއް ނުވެ އެވެ.

ހެރްސޮގް ޣައްޒާއަށް ދިޔައީ، އެ ތަނުގެ 2.3 މިލިއަން ރައްޔިތުން ބަނޑަށް ޖައްސައި އެ ބިމުން ބޭރުކުރުމަށް މަޖުބޫރުކުރުވުމުގެ ގޮތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޖަރީމާތަކުގެ ޔެރެއިން ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސް އަޅާފައި އޮއްވަ އެވެ. އަދި ހޮސްޕިޓަލްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ތެލަށްވެސް ހުރަސްތައް ވަނީ ކުރިމަތިކޮށްފަ އެވެ.

ޣައްޒާގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖެއްސުމަށް ހިންގާ މި ހަނގުރާމައިގައި ބަނޑަށް ޖެހިގެން ޝަހީދުވި މީހުންގެ އަދަދު 111އަށް އަރާފައިވާއިރު، ޖުލައި 22ވަނަ ދުވަހު އެކަނިވެސް 15 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ.

ޣައްޒާއަށް މިހާރު ކާބޯތަކެތި އެތެރެކުރާ ހަމައެކަނި ޖަމުޢިއްޔާއަކީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) އެވެ. އދއިން ބުނާ ގޮތުގައި، މި ޖަމުޢިއްޔާގެ މަރުކަޒުތަކުން ކާބޯތަކެތި ހޯދަން ދިޔަ 1،000އަށް ވުރެ ގިނަ މީހުންނަށް ޔަހޫދީ ސިފައިން ހަމަލާދީ ޝަހީދުކޮށްލާފައިވެ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

18 ގަޑިއިރު ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

24 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

30 ދުވަސް ކުރިން - 14:29