ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ކިޔެވުން ނިމި، ރިޕޯޓުފޮތްތަށް ދަރިވަރުންނަށް ހަވާލުކޮށްފިއެވެ.
މި އަހަރުގެ އެކެޑެމިކް ކަލަންޑާގައި ވާގޮތުން ފުރަތަމަ ޓާމުގެ ބަންދަށް ހަމަޖެހިފައިވަނީ މި މަހުގެ 24 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ މުޅިއެކު ގާތްގަނޑަކަށް ދެ ހަފްތާގެ ޗުއްޓީއެކެވެ.
ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ގާތްގަނޑަކަށް 84،000 ކުދިން ރާއްޖޭގައި ކިޔަވަމުންދެއެވެ. އަދި އެ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން އެބަތިއްބެވެ.
އެކެޑެމިކް ކަލަންޑަރުގައި ވާގޮތުގައި މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ވަނީ ޑިސެމްބަރުގެ 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22 އާ ހަމައަށެވެ.






