Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިމަހުގެ 25 ގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ

މިމަހުގެ 25 ގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އައިޝަތު ރުވާ ރިފްޢަތު
370 ދުވަސް ކުރިން - 23 ޖުލައި 2025 17:45
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ---
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ---
ޚުލާސާ

މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާން ކުރައްވައި ދެޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ޔަޤީންކަން ދެއްވައިފި.

މިނިވަން ދުވަހުގެ ބޮޑު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިނިވަން ދުވަހުގެ "ބޮޑު ކާނިވާގައި" ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަނީ މި މަހުގެ 25 ވަނަ ދުވަހުގަ އެވެ.

Advertisement

Advertisement 1

މި ބޮޑު ރަސްމިއްޔާތު ދިމާވަނީ ދެގައުމުގެ ސިޔާސީ ގުޅުމަށްވެސް 60 އަހަރު ފުރޭ ދުވަހާ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ، އެކްސް ގައި ލިޔުއްވާފައިވަނީ، މި ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ "ފަހުރެއް" ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރައްވާ މަޝްވަރާތަކުގެ ސަބަބުން ތަފާތު ދާއިރާތަކުން ދެގައުމުގެ ގުޅުންތަކަށް "އާ އުސްމިންތަކަކަށް" އަރައިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކުގައި ކުރީކޮޅު ތަފާތުތަކެއް ހުރިނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ވެރިންގެ މެދުގައި ވަރަށް ރަނގަޅު ޑިމޮކްރެޓިކް ގުޅުމެއް އޮންނަކަން ފާހަގަ ކުރެވެ އެވެ.

ބޮޑުވަޒީރު މޯދީގެ ވެރިކަމުގެ ދަށުން އިންޑިއާ އަކީ މާލީ އެހީތެރިކަމާއި، ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމާއި، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އެހީތެރިކަން ދިވެހިރާއްޖެއަށް ދެމުން އައިސްފައިވާ ގައުމެކެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ދެ ގައުމުގެ މަތީ ފެންވަރުގެ ބައްދަލުވުންތައް ބާއްވަމުންދާއިރު، އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިންމު އިގުތިސާދީ އަދި ތަރައްގީގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެއްކާން ފާހަގަ ކުރެވެ އެވެ.

ނަރެންދްރަ މޯދީއިންޑިއާ - ރާއްޖެމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

1 ދުވަސް ކުރިން - 14:06

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

2 ދުވަސް ކުރިން - 14:24

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ދުވަސް ކުރިން - 13:11

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

3 ދުވަސް ކުރިން - 13:05

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

3 ދުވަސް ކުރިން - 12:55

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

4 ދުވަސް ކުރިން - 16:07