ނ. އަތޮޅު ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރުގެ އެއްބާރުލުން ނުލިބޭތާނގައި ކަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފޮއްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރައްވައިގެން ހޮވާފައި ހުރި މަންދޫބެއް ކަމުގައި ވާނަމަ ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބެއް ކަމަށްވާނަމަ، ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަން. އެއަށްވުރެ ޕްރޮފެޝަނަލް ވާންޖެހޭނެ ކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއަށްވުރެ ޒިންމާދާރުކަމާއިއެކު ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
"އެމްޑީޕީގެ ގެ މެމްބަރުންގެ ކިބައިން ވެސް ހަގީގަތުގައި ސަރުކާރަށް ކަންކަން އޮންނަ ގޮތް މާ ރަނގަޅު، އެއްވެސް ކަމަކާ ނުބެހޭ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވީ ފޮއްދޫގެ ސިއްހީ މަރުކަޒާއި، ޕޮލިސް ސްޓޭޝަން އަދި ފިޓްނެސް ރެކްރިއޭޝަން ސެންޓަރެއް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރާނެ ކަމަށެވެ.