Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިހަފަރުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ވިހަފަރުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

މުހައްމަދު ޖަމްޝަތު
413 ދުވަސް ކުރިން - 23 ޖުލައި 2025 09:44
ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަަދެއްކެވުން--- ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަަދެއްކެވުން--- ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އެ އަތޮޅު މާފަރުގައި އެއާޕޯޓެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އޮތުން މުހިންމުކަމަށް ރައީސް ވިދާޅުވި

ނ. ވިހަފަރުގައި، ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިކަން އިއުލާނުކުރެއްވީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އިއްޔދެއްކެވި ވާހަކަފުޅުގަ ވއެވެ.

ރައީސް ވިދާޅުވީ އެ އަތޮޅު މާފަރުގައި އެއާޕޯޓެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އޮތުން މުހިންމުކަމަށެވެ. އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގުތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި އެއާޕޯޓު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ހޮޅުދޫގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ހޮޅުމީދޫ ބޭނުންކުރަން ފަށަން ފުރިހަމަކުރަންޖެހޭ އަސާސީ އުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ފެއްޓުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. މީގެ އިތުރުން، ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ތެރޭގައި ހިމެނިގެން، އެ ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރޭގެ ޖަލްސާގައި ރައީސް ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރާ ބެޗުގައި ހިމަނުއްވާނޭ މަސައްކަތްތައްވެސް ހާމަކުރައްވާފައެވެ. އެ ގޮތުން، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ހިއްކެން އޮތް މިންވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި، ފުޓްސަލް އަދި ހޭންޑްބޯލް ދަނޑުގެ މަސައްކަތްތައް ކުރުމަށް، އެ ބެޗުގައި ސޮއިކުރެވޭނޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ހޮޅުދޫ މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ރިންގް ރޯޑްގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި، އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމުގައިވާ، ހޮޅުދޫ މޭނާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި، ތައުލީމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު، ސޮއިކުރައްވާފަ އެވެ.

ނ. ހޮޅުދޫރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

4 ދުވަސް ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

13 ދުވަސް ކުރިން - 10:37

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

16 ދުވަސް ކުރިން - 14:18