ދަރިފުޅަށްޓަކައި ކުރަމުން އައި އެތައް ދުވަހެއްގެ އުއްމީދުގައި ކުލަ ޖައްސައިދިނީ ރައީސް މުޢިއްޒު

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 22 ޖުލައި 2025 20:53
ފެނަކައިން ވަޒީފާ ލިބުނުކަމުގެ ޗިޓު ތިއްތިއާ ހަވާލުކުރުމަށް އެ އޮފީހުގައި މިއަދު ވަނީ ކުޑަ ހަފްލާއެއް ބާއްވާފައި. --
ފެނަކައިން ވަޒީފާ ލިބުނުކަމުގެ ޗިޓު ތިއްތިއާ ހަވާލުކުރުމަށް އެ އޮފީހުގައި މިއަދު ވަނީ ކުޑަ ހަފްލާއެއް ބާއްވާފައި. --
ޚުލާސާ

އެއްވެސް ކުއްޖަކު ބާކީ ނުކުރުމަކީ ރައީސްގެ ސިޔާސަތަކަށް ވާއިރު، އެ ސިޔާސަތުގެ ދަށުން ވަނީ ތިއްތި އަށް މާފަރުގެ ފެނަކަ އޮފީހުން ވަޒީފާ ހަމަޖައްސަވައިދެއްވާފައި.

ކޮންމެ މަޔަކުވެސް ބޭނުންވާނީ އޭނާގެ ދަރިފުޅަށް ދެ ދުނިޔޭގައިވެސް ކާމިޔާބު މިންވަރު ކުރެއްވުމަށެވެ. އުޖާލާ މުސްތަގުބަލެއް ދަރިންނަށް ފަހިކޮށްދީ، އެކަމުގެ ފޮނި މީރުކަމުގައި ދަރިފުޅު އުޅޭތަން ދެކުމަކީ ކޮންމެ މައެއްގެ ހިތަށް ވެސް ބަޔާން ނުކުރެވޭފަދަ އުފާވެރި އިހުސާސްތައް ގެނެސްދޭނެ ކަމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ނ. މާފަރަށް ނިސްބަތްވާ އާއިޝަތު ހަސަނަށް ވެސް މިއަދު ކުރުވަނީ އެފަދަ އުފާވެރި އިހުސާސެކެވެ. އޭނާގެ ފިރިހެން ދަރިންގެ ތެރޭގައި ހިމެނޭ ހަސަން ސިރާޖު (ތިއްތި) އަކީ އުފަންވި އިރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަވެސް، އެހެން ކުދިންނެކޭ އެއްފަދައިން ތިއްތިއަށްވެސް މިއަދު ވަނީ ވަޒީފާއަށް ގޮސް، އަމިއްލައަށް އާމްދަނީ ހޯދުމުގެ މަގު ތަނަވަސްވެފައެވެ.

މި ހުވަފެނަކީ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއް ނަމަވެސް، އެކަމުގައި ހަގީގީ ކުލަ ޖައްސައިދެވުނު ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމަނިކުފާނު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އިއްޔެ މާފަރަށް ވަޑައިގެންނެވުމުން، ތިއްތިގެ ވަޒީފާއާ ގުޅޭ ހުށަހެޅުން ހުށަހެޅީ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އެވެ. އެއާއެކު ހަމަ އެ ވަގުތު ރައީސް ވަނީ ފެނަކައިގެން އެމްޑީއަށް އިޝާރަތްކުރައްވާ، ތިއްތިގެ ވަޒީފާ ވީ އެންމެ އަވަހަކަށް ހަމަޖެއްސެވުމަށް ދަންނަވާފައެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަން ވަރަށް ސާފެވެ.

ރައީސްގެ އެ ދެންނެވުމަށް ފެނަކައިން ދާދި އަވަހަށް ޖަވާބުދާރީވެފައިވާއިރު، ވަޒީފާގެ ޗިޓު މިއަދު ހަވާލު ކުރުމަށް ފެނަކަ އޮފީހަށް އައުމަށް ތިއްތިއަށް ވަނީ ދައުވަތު އަރުވާފައެވެ.

ތިއްތިއަށް ވަޒީފާ ލިބުނުކަމުގެ ޗިޓު ހަވާލުކުރުމަށް މާފަރު ފެނަކަ އޮފީހުގައި މިއަދު ވަނީ ކުޑަ ހަފްލާއެއް ވެސް ބާއްވާފައެވެ. މާބޮނޑިއަކާއި ވަޒީފާގެ ޗިޓު ތިއްތިއާ ހަވާލުކުރުމުން، މޫނު މަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ.

މިކަމުން ތިއްތިގެ މުޅި އާއިލާގެ އިތުރުން ރަށަށްވެސް ވަނީ އުފާވެރިކަން ގެނެސްދީފައެވެ. ނަމަވެސް އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެންދިޔައީ ތިއްތިގެ މަންމައަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%