Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޒަކިއްޔާގެ އާއިލާ އާ ރައީސް ބައްދަލުކުރައްވައިފ

ޒަކިއްޔާގެ އާއިލާ އާ ރައީސް ބައްދަލުކުރައްވައިފ

މުހައްމަދު ޖަމްޝަތު
323 ދުވަސް ކުރިން - 22 ޖުލައި 2025 18:41
ރައީސް، ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ--- ފޮޓޯ:ޚުލާސާ
ރައީސް، ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ--- ފޮޓޯ:ޚުލާސާ
ޚުލާސާ

އާއިލާއިން ރައީސްއަށް ދެންނެވީ ޒަކިއްޔާގެ ގާތިލު ހޯދައިދިނުމަށް. އާއިލާއިްމ ތިބީ އިންސާފު ލިބޭނެ ކަމުގެ އުންމީދުގައި.

ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ އާއިލާއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޒަކިއްޔާގެ އާއިލާގެ އަރިހަށް ރައީސް ވަޑައިގެންނެވީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޮޅުދޫއަށް ވަޑައިގެންނެވުމަށްފަހު އެވެ.

ރައީސް ޒަކިއްޔާގެ އާއިލާއާ ބައްދަލުކުރެއްވުމުން އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކުރެއްވި އެވެ. އެގޮތުން ޒަކިއްޔާގެ މަރަށް 342 ދުވަސް ފާއިތުވެފައިވާއިރު އަދިވެސް އެ މަރަށް އިންސާފު ލިބިފައި ނުވާ ކަމަށާއި އިންސާފު ހޯދުމަށް ސަރުކާރުގެ އެކި ލެވެލްތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް ވާހަކަދައްކައިގެންވެސް އިންސާފެއް ނުލިބޭތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement

Advertisement 1

އަދި މާޅޮހުގައި މީހަކަށް އަނިޔާކޮށް މަރާލުމާއި ގުޅިގެން ތަހުގީގަށް އެރަށް ބަންދުކުރި ނަމަވެސް ޒަކިއްޔާގެ މަރުގެ ތަހުގީގަށް ހޮޅުދޫ ބަންދު ނުކުރިކަމުގެ ޝަކުވާވެސް ޒަކިއްޔާގެ އާއިލާއިން ރައީސްގެ އަރިހުގައި ވަނީ ކޮށްފައެވެ.

އާއިލާގެ ފަރާތުން ރައީސްއަށް ދެންނެވީ ޒަކިއްޔާގެ ގާތިލު ހޯދައި ދިނުމަށެެވެ. އެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އާއިލާއިން ތުހުމަތުކުރަނީ ޒަކިއްޔާ މަރާލީ ކަމަށެވެ. މީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލާގައި ކުރި މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަށް ދޫކޮށްދިނުމަށްވެސް އާއިލާއިން ރައީސްގެ އަރިހުން ވަނީ އެދިފަ އެވެ. އާއިލާއިން ބުނީ އެ ފަރާތްތަކުން ފުލުހުންގެ ޒިންމާއަށް ހުރަސްއެޅުނީ ޖަޒުބާތުގައި ކަމަށެވެ.

ޒަކިއްޔާގެ އާއިލާއާއި ބައްދަލުކުރެއްވި ވަގުތު އާއިލާއިން ވަނީ ހިމޭން އިހުތިޖާޖެއްވެސް ކޮށްފަ އެވެ. އަދި ބައްދަލުުރެއްވުމުން އާއިލާގެ ފަރާތުން ވަނީ ރައީސް އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާއިލާއިން އުއްމީދުކުރަނީ ޒަކިއްޔާގެ މަރަށް އިންސާފު ލިބޭނެ ކަމަށެވެ.

ނ. ހޮޅުދޫ، ނިއުލައިފް ގޭގައި ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ފުލުހުންގެ ފަރާތުން ކުރިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ފެންނަން ހުރި ކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއް ވެސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްނ. ހޮޅުދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

2 ދުވަސް ކުރިން - 15:59

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

3 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

3 ދުވަސް ކުރިން - 11:49

މައުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ކާމިޔާބީއެއް ހޯދުމަކީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

މިއީ ދެފުށް ފެންނަ ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

3 ދުވަސް ކުރިން - 11:43

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

5 ދުވަސް ކުރިން - 02:59

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

10 ދުވަސް ކުރިން - 13:39