4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

އަައިޝަތު ޒީނާ | 8 ގަޑިއިރު ކުރިން - 21 ޖުލައި 2025 18:12
4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ޚުލާސާ

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ 4،000 ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.

އެ 4،000 ފްލެޓް އިމާރާތްކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށާއި އެގޮތަށް ޕޯޓަލްއިން ނާންގާ މީހުންނަށް އެއްވެސް އިދާރާއަކުން ނުގުޅާނެ ކަމަށް ބުނެފައިވެއެވެ.

ސްކޭމް ފޯނު ކޯލުތަކަށާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރިއަސް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓު ފައިސާ ދެއްކުމުން ކަމަށެވެ. އެ ފައިސާ ދައްކަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

4،000 ހައުސިންގ ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2،800 ޔުނިޓާއި، 2 ކޮޓަރީގެ 1،200 ހައުސިންގ ޔުނިޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%