Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

މުހައްމަދު ޖަމްޝަތު
138 ދުވަސް ކުރިން - 7 މާޗް 2026 13:38
އެފްޑީސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓް---ފޮޓޯ: ޚުލާސާ
އެފްޑީސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓް---ފޮޓޯ: ޚުލާސާ
ޚުލާސާ

އެފްޑީސީން މިފަދަ އިންޒާރެއް ދީފައިވަނީ މި ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި އިޝްތިހާރު ކުރަމުންދާ ދަނޑިވަޅެއްގަ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޭނަމަ، އެ ފަރާތްތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފިއެވެ.

އެފްޑީސީން މިފަދަ އިންޒާރެއް ދީފައިވަނީ، ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ މި ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި އިޝްތިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ސަރުކާރުން 11,500 ރުފިޔާ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 3 ކޮޓަރީގެ އެޕާޓްމެންޓެއް، 23,000 ރުފިޔާއަށް ކުއްޔަށް ދިނުމަށް މީހަކު އިޝްތިހާރުކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެފްޑީސީ ފްލެޓްތަކަކީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ތަންތަން ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ކުރާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ފްލެޓްގެ އެއްބަސްވުން އުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ހަމްދާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޖްތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަން ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަކީ އެ މަޝްރޫއުގެ މަގުސަދާ ހިލާފު ކަމެކެވެ. އަދި ފްލެޓްތައް ކުއްޔަށްދީ ފައިދާ ހޯދާ ވިޔަފާރިއަކަށް ހެދުމަކީ ކޮންމެ ދިވެއްސެއްގެ ހައްގަށްވެސް އަރައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އެފްޑީސީން ތަރައްގީކުރި 4,000 ހައުސިން ޔުނިޓަކީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ހަވާލުކުރާ ތަންތަނެވެ. މި ތަންތަނުގެ ލިސްޓު ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަމަށްވާއިރު، އެފްޑީސީން ސޮއިކުރަމުންދަނީ އެ ވުޒާރާއިން ފޮނުވާ ލިސްޓުތަކަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންހުޅުމާލެ ފޭސް-2
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

3 ދުވަސް ކުރިން - 19:54

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

30 ދުވަސް ކުރިން - 17:35

ހުޅުމާލެ އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އަމާން ދޯދި ޓަވަރުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

30 ދުވަސް ކުރިން - 08:51

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

33 ދުވަސް ކުރިން - 11:26

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

42 ދުވަސް ކުރިން - 16:51

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

45 ދުވަސް ކުރިން - 17:20