ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓޭ ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ސްޓެލްކޯ ޓަވަރަކުންނެވެ. ނަމަވެސް، ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާގޮތެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ޓަވަރަކުން ކުއްޖަކު ވެއްޓުނު ދެވަނަ ހާދިސާއެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ވެސް ހުޅުމާލެ ފޭސް ދޭއްގެ 'އަމާން ދޯދި' ޓަވަރުގެ އެޕާޓްމަންޓަކުން ކުޑަކުއްޖަކު ވަނީ ވެއްޓިފައެވެ. އިއްޔެ ވެއްޓުނު ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެ ކުއްޖާއަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.









