Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހެނބަދޫގައި ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގައި ފެށޭނެ: ރައީސް

ހެނބަދޫގައި ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގައި ފެށޭނެ: ރައީސް

އައިޝަތު ޝިފްނާ ހުސައިން
383 ދުވަސް ކުރިން - 21 ޖުލައި 2025 15:45
ރައީސް ހެނބަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ:ރައީސް އޮފީސް
ރައީސް ހެނބަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ހެނބަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި އެރަށުގެ ބިން ހިއްކުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮއްދެއްވާނެ ކަމަށް ރައީސް ވިދާޅުވި.

ނ. ހެނބަދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފެށޭނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނބަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އަވަހަށް ކޮންޓްރެކްޓް ކުރަން ހުޅުވާލާ މަޝްރޫއުތަކުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނިގެން ދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގައި ފެށުމަށް ރައީސް އޮފީހުން މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވި އެެވެ.

ރައީސް ދެއްކެވި ވާހަކަފުޅު ތަކުގެ ތެރޭގައި އެރަށުގެ ސިއްހީ މަރުކަޒަށް ގެންނަން ޖެހޭ ތަރައްގީތަކާއި، ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމާއި، މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތްތައް އަވަސް މުސްތަގުބަލެއްގައި ކުރިއަށް ގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ހެނބަދޫގައި ބިންހިއްކެން އޮތް އެންމެ ބޮޑުމިނަކީ ހަ ހެކްޓަރުކަށާއި އެއީ ރަށަށް ވަރަށް މުހިންމު ޖާގައެއް ކަމަށެވެ. ބިންހިއްކާ ނިމުމުން ބިމުން ގޯތި ނުވަތަ ހައުސިންއަށާއި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ޖާގައެއް ލޭންޑް ޔޫސް ޕްލޭން ހަދާ ނިންމާއިރު އޮންނަވަރަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއެކު އެރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް މިހާރު ފެނަކައާއި ހަވާލު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހެނބަދޫގެ ކައުންސިލްއާއި ބައްދަލުކުރައްވައި، ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 16 ގަޑިއިރަށް، ހިދުމަތްދެވޭވަރަށް ސިއްހީ މަރުކަޒުގެ ]ހިދުމަތްތައް ގާއިމުކޮށްދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހެނބަދޫގައި މިސްކިތެއް އެޅުމަށްޓަކައި މިއަދު ވަނީ އެ މިސްކިތުގެ ބިންގާއަޅުއްވާފަ އެވެ. މީގެ އިތުރުން ހެނބަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނ. ހެނބަދޫ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

11 ގަޑިއިރު ކުރިން - 23:13

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

3 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

3 ދުވަސް ކުރިން - 08:35

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

3 ދުވަސް ކުރިން - 12:45

ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ: ރައީސް

"މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ"

3 ދުވަސް ކުރިން - 12:16

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

3 ދުވަސް ކުރިން - 11:01

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%