Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހެނބަދޫގައި ގާއިމުކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހެނބަދޫގައި ގާއިމުކުރާ މިސްކިތުގެ ބިންގާ އަޅައިފި

އަައިޝަތު ޒީނާ
383 ދުވަސް ކުރިން - 21 ޖުލައި 2025 15:27
ހެނބަދޫގައި އަލަށް ގާއިމްކުރާ މިސްކިތުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
ހެނބަދޫގައި އަލަށް ގާއިމްކުރާ މިސްކިތުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ރައީސްގެ މެނިފެސްޓޯގެ ތަސައްވުރާ އެއްގޮތަށް އަލަށް ޑިޒައިން ކުރެވިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ބިނާ ކުރެވޭ މިސްކިތްތަކުގެ ތެރެއިން މިސްކިތެއް.

ނ. ހެނބަދޫގައި އަލަށް ގާއިމުކުރާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

އެ މިސްކިތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނބަދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހެނބަދޫގައި އަލަށް ގާއިމްކުރާ މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނެކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

Advertisement

Advertisement 1

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއު ފެނަކައާ ހަވާލުކޮށްފައިވަނީ 11،616،359.76 ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތުގައި ލައިބްރަރީއާއި ކްލާސްރޫމް ގާއިމްކުރެވިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ. އަދި އޭސީއާއި ސޯލަ ޕެނަލް ހަރުކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެ އެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވަޒީރު ވިދާޅުވީ މިއީ ރައީސްގެ މެނިފެސްޓޯގެ ތަސައްވުރާ އެއްގޮތަށް އަލަށް ޑިޒައިން ކުރެވިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ބިނާ ކުރެވޭ މިސްކިތްތަކުގެ ތެރެއިން މިސްކިތެއް ކަމަށެވެ.

އެންމެ ގިނައިން މިސްކިތް ބިނާކުރާ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށް ރައީސް ވަނީ މިދިޔަ މެއި މަހު ވިދާޅުވެފައެވެ. އަދި މި އަހަރު ތެރޭ އަތޮޅު ތެރޭގެ 11 މިސްކިތާއި ދެ އިސްލާމީ މަރުކަޒު ހުޅުވުމަށް ނިންމާފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްރައީސް ޑރ. މުހައްމަދު މުއިއްޒުނ. ހެނބަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

11 ގަޑިއިރު ކުރިން - 23:13

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

3 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

3 ދުވަސް ކުރިން - 08:35

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

ފިއްތުންތަކާއެކުވެސް ރާއްޖެއިން ދަނީ މާލީ އިލްތިޒާމުތައް ކަށަވަރުކުރަމުން: ރައީސް

3 ދުވަސް ކުރިން - 12:45

ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ: ރައީސް

"މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ"

3 ދުވަސް ކުރިން - 12:16

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

3 ދުވަސް ކުރިން - 11:01