ޑޮލަރުގެ މައްސަލާގައި އެމްޑީޕީން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭއަށް

މުހައްމަދު ޖަމްޝަތު | 9 ގަޑިއިރު ކުރިން - 21 ޖުލައި 2025 13:40
އެމްޑީޕީ ޕީޖީ ގްރޫޕުގެ މެމްބަރުން އެމްއެމްއޭ ރިސެޕްޝަނުގައި----
އެމްޑީޕީ ޕީޖީ ގްރޫޕުގެ މެމްބަރުން އެމްއެމްއޭ ރިސެޕްޝަނުގައި----
ޚުލާސާ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފެށީ ކޮވިޑާއެކު އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރި ހިސާބުންނެވެ. އަދި ޑޮލަރުގެ އަގު އުފުލުން ހުއްޓުވަން އެމްޑީޕީވެސް އޭރު އޮތީ ފެއިލްވެފަ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތީ އާއި ދައުލަތުގެ ރިޒާވްއިން ރަސްމާލެ ހިއްކަން ފައިސާ ދައްކާ ކަމަށް ބުނެ ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގޮސްފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުން ފެންނަ ގޮތުގައި އެޕާޓީގެ ޕީޖީ ގްރޫޕުގައި ހިމެނޭ 12 މެންބަރުންވެސް ތިބީ އެމްއެމްއޭ ރިސެޕްޝަނުގަ އެވެ.

އެޕޯސްޓުގައި ބުނެފައިވަނީ "ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި،" ކަމަށެވެ.

އެނގިފައިވާގޮތުގައި ގަވަރުނަރު އެމްޑީޕީގެ ޕީޖީ މެމްބަރުންނާއި ބައްދަލުނުކުރައްވަ އެވެެ.

އެމްއެމްއޭ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތުދެމުން އެމްޑީޕީ ޕީޖީ ގްރޫޕުން ބުނިގޮތުގައި ކަޅުބާޒާރުގައި މިއަދު ޑޮލަރުގެ އަގު ހުރީ 22 ރުފިޔާގައި ކަމަށެވެ. އަދި މާދަމާ ހުންނާނެ އަގު ނޭނގޭ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާންޖެހެ ކަމަށެވެ. އަދި ޑޮލަރުގެ މައްސަލާގައި ގަވަރުނަރަށް އެޕާޓީން ފޮނުވި ސިޓީއަށް ޖަވާބުދާރީ ވެފައިނުވާއިރު ގަވަރުނަރާ ބައްދަލުކުރި ނަމަވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ މަގެއް ނުފެންނަށް ކަމަށް ބުންޏެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިފަދައިން ބުނި ނަމަވެސް ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19.50ރ އާއި 20ރ ދޭތެރޭގެ އަގެއްގަ އެވެ. އަދި ޑޮލަރުގެ ރަސްމީ ރޭޓަކީ އަދިވެސް 15.42ރ އެވެ.

އެމްޑީޕީގެ މެމްބަރުން މަޖިލީހުގަ އާއި ހަރުގެ ޖަލްސާތަކާއިވެސް މިފަހަކަށް އައިސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ޑޮލަރުގެ އަގު އުފުލުމުގެ ވާހަކައެެވެ. ނަމަވެސް ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފެށީ ކޮވިޑާއެކު އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރި ހިސާބުންނެވެ. ޑޮލަރުގެ އަގު އުފުލުން ހުއްޓުވަން އެމްޑީޕީ ސަރުކާރު ފެއިލްވިއިރު އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19ރ އަށް އުފުލުނެވެ. އަދި ޑޮލަރު ނިލިބިގެން ސަރުކާރު ކުންފުނިތަކުންވެސް އޭރު ޑޮލަރު ގަންނަންޖެހުނީ ކަޅުބާޒާރުންނެވެ.

ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ، 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%