ކާނެ އެއްވެސް އެއްޗެއް އަދި ބޯނެ ފެންފޮދެއްހާ ހިސާބުވެސް ނުލިބިގެން ޣައްޒާގެ އިތުރު ކުއްޖަކު ޝަހީދުވެއްޖެ އެވެ. ޚަބަރުތައް ބުނާ ގޮތުގައި މިހާރު ޝަހީދުވެގެން އުޅެނީ ކާނޭ އެއްވެސް އެއްޗެއް ނުލިބުމުގެ ސަބަބުން ޣައްޒާގެ ކުޑަކުއްޖެއް ކަމަށްވާ ރަޒާން އަބޫ ޒާހިރު އެވެ.
ކާނޭ އެއްވެސް އެއްޗެއް ނުލިބުމުގެ ސަބަބުންމިހާރު ޝަހީދު ވެފައިވާ ޣައްޒާގެ ކުޑަކުއްޖެއް ކަމަވާ ރަޒާން އަބޫ ޒާހިރު.
ޣައްޒާގައި މިހާރު ހުރީ ކާބޯތަކެތީގެ ވަރަށް މަދުއެތިކޮޅެކެވެ.
ޣައްޒާގެ ކުޑަކުދިންނަށް ބޯނެ ފެންފޮދެއްހާ ހިސާބުވެސް މިހާރު ލިބެނީ ޔަހޫދީންނާއި ގުޅުންހުރި ޖަމާޢަތްތަކުން ބޭނުންވެއްޖެ ހިނދެއްގަ އެވެ. ބޯނެ ފެންފޮދެއް ނުލިބި ބަނޑަށް ޖެހިވެސް މިހާތަނަށް 71 ކުޑަކުދިން ޝަހީދުވެއްޖެއެވެ. ފާއިތުވި 48 ގަޑިއިރުތެރޭވެސް 4 ކުޑަކުދިން ކާނެ އެއްވެސް އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައި ޝަހީދުވެއްޖެ އެވެ.
ޣައްޒާ ކުޑަކުދިން ދުވަސްތައް ހޭދަކުރަނީ ކާނެ އެއްޗެއް ހޯދުމަށާއި ފެންފޮދެއް ހޯދުމުގައެވެ.
ކާނާ ނުލިބި އަނަރޫފަ ވެފައިވާ ޣައްޒާގެ ތުއްތު ކުއްޖަކު އުރާލައިގެން އޭނާގެ މަންމަ / ފޮޓޯ: ސޯޝަލްމީޑިއާ
ޣައްޒާގެ ކުދިންނަށް ރަސްމީ ތަޢުލީމު ނުލިބި ކިޔެވުމުން މަޙްރޫމް ކޮށްލާފައިވާތާވެސް ދެ އަހަރު ވެއްޖެ ކަމަށާއި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 650،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ސްކޫލް ތައުލީމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް ޔުނިސެފުން ބުންޏެވެ.
ޔުނިސެފުން އެންމެ ފަހުން ޢާންމުކުރި ހިސާބުތަކުގައިވާ ގޮތުން ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ވަނީ ޔުނިވާސިޓީއަށް ވަނުމަށް ހަދަން ޖެހޭ އިމްތިހާނުތައް ވެސް ނުހެދިފައި ކަމަށާއި މިއީ ފާއިތުވީ 10 އަހަރު ތެރޭގައި ޣައްޒާގައި އިމްތިހާނު ނުބާއްވާ ފުރަތަމަ ފަހަރު ކަމަށް ޔުނިސެފުން ބުންޏެވެ.
ޔަހޫދީންގެ ޙަމަލާ ތަކުގެ ސަބަބުން ޣައްޒާގައި ކިޔަވައިދޭނެ ސްކޫލެއް ވެސް ނެތެވެ. އެތަންތަނަކީ މިހާރު ރެފިއުޖީންގެ ކޭމްޕުތަކެވެ. ޣައްޒާގެ ތަޢުލީމީ ނިޒާމު މުޅިން ހުއްޓިފައިވާއިރު މުޅި ޣައްޒާ އޮތީ ޕެރެލައިޒްވެފަ އެވެ.
ޣައްޒާގެ އާބާދީގެ %90 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، ކުޑަކުދިން ދިރިއުޅެން ޖެހިފައި ވަނީ އެތައްހާސް ބަޔަކާއެކު ތޮއްޖެހިފައިވާ ވަގުތީ ޓެންޓް ތަކުގައި ކަމަށް ޔުނިސެފުން ފާހަގަ ކުރެ އެވެ.