ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު ސާޖަރީތަކެއް ކޮށްފި

އަައިޝަތު ޒީނާ | 10 ގަޑިއިރު ކުރިން - 21 ޖުލައި 2025 09:31
ހަތް ފަރާތެއްގެ އެއް ކަކޫ އަދި ދެފަރާތެއްގެ ދެ ކަކުލުގެ ހުޅު ވަނީ ބަދަލުކޮށްފައި. / ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ހަތް ފަރާތެއްގެ އެއް ކަކޫ އަދި ދެފަރާތެއްގެ ދެ ކަކުލުގެ ހުޅު ވަނީ ބަދަލުކޮށްފައި. / ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ޚުލާސާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބޭއްވި ކޭމްޕުގެ ތެރެއިން ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަންކޮށްފައިވާ ކަަމަށް ހޮސްޕިޓަލުން ބުނި.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު ސާޖަރީތަކެއް ކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކަކުލުހުޅު ބަދަލުކުރުމަށް އެ ހޮސްޕިޓަލުގައި މި މަހުގެ 16 އިން 19 އަށް ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީ.ކޭ.އާރު) ނަމުގައި ކޭމްޕެއް ބާއްވާފައި ކަމަށެވެ.

އެ ކޭމްޕުގެ ތެރެއިން ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަންކޮށްފައިވާ ކަަމަށް ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ 2 ކަކުލުގެ ހުޅު ބަދަލުކުރެވިފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އެ ކޭމްޕުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާރޓްމެންޓްގެ ހެޑް އަދި ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު އާޒިމް އަބްދުއްޝަކޫރެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ އެ ކޭމްޕްގައި އަމަލީގޮތުން ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިދާރީ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%