އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ކާނާ ވިހަވުމުގެ މައްސަލަ ދިމާވެ ގޮހޮރު ދުޅަވެއްޖެއެވެ.

މަސްދަރުތަކުން އޭނާގެ ޓީމާއި ޙަވާލާދީ ކަށަވަރުކޮށްދިން ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު އޭނާ އޮންނާނީ އެޑްމިޓް ކޮށްފައެވެ.

ފަލަސްޠީނު ރައްޔިތުންގެ ކާނާއަށް ވިހަލާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ 1 ލައްކައަށްވުރެ ގިނަ މުސްލިމުންގެ ޤާތިލް ވަރަށް ބޮޑަށް ބަލިވެ، މިދިޔަ ހުކުރު ދުވަހުގެ ހަފްތާ ބަންދުގެ ކެބިނެޓް ބައްދަލުވުން ވެސް ދޫކޮށްލިއިރު، ޓެލްއަވީވް ޑިސްޓްރިކްޓް ކޯޓުން ވަނީ އޭނާގެ ކޮރަޕްޝަންގެ ޝަރީއަތުގެ ހެކިބަސް ނެގުން ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މިފިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ނަތަންޔާހޫ އަށް ކުޑަކަމުދާތަކެތީގެ އިންފެކްޝަނަކާއި ކުރިމަތިވެ ޕްރޮސްޓޭޓް އޮޕަރޭޝަނެއް ކުރި އެވެ.