Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޕްރީމް ކޯޓް ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރައްވައިފި

ސުޕްރީމް ކޯޓް ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރައްވައިފި

އަހްމަދު އީޒާން
325 ދުވަސް ކުރިން - 20 ޖުލައި 2025 21:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު / ފޮޓޯ: ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޖޭއެސްސީން ބުނީ އުއްތަމަފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށް ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށް.

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުދާނު މާދަމާ މަގާމުން ރިޓަޔާކުރައްވާތީ ސުޕްރީމް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ އުއްތަމަފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށް ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

އެ މަގާމަށް ބޭފުޅަކު ހަމަޖައްސަންދެން ސުޕްރީމް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު ހަމީދުއާ ހަވާލުކުރުމަށް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

Advertisement

Advertisement 1

އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މުއުތަސިމް ވަނީ 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތްކުރައްވައިފަ އެވެ.

ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން 2022 ވަނަ އަހަރު ހަމީދު ވަކިކުރެއްވީ 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުޝަރުޢީ ދާއިރާޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ހުކުމް ކޮށްފި

43 ދުވަސް ކުރިން - 15:27

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

49 ދުވަސް ކުރިން - 23:25

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ހުކުމްކޮށްފި

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ

60 ދުވަސް ކުރިން - 13:47

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓު

ރިފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމްކޯޓު

72 ދުވަސް ކުރިން - 15:35