ރާއްޖޭގެ 10 ކޯޓެއްގެ މެޖިސްޓްރޭޓްކަމުގެ މަޤާާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުގެ އިއުލާނުގައި ވާގޮތުން ގޮއިދޫ އާއި ހިންމަފުއްޓަށް ހޯދަނީ އިސް މެޖިސްޓްރޭޓުންނެވެ.
މީގެ އިތުރުން އެހެން 8 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށް އެ އިޢުލާނުގައި ވެއެވެ. އެއީ؛
ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
މާމިގިލީ މެޖިސްޓްރޭޓް ކޯޓު
ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ގައްދޫ މެޖިސްޓްރޭޓް ކޯޓު
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
މީގެތެރޭގައި
މެޖިސްޓްރޭޓުންގެ އަސާސީ މުސާރައިގެ ގޮތުގައި 26،350 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 12،000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1،650 ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެއިތުރުން ފޯނު އެލަވެންސް އާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މެޖިސްޓްރޭޓުންނަށް ލިބިގެންދާނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންވަނީ 25 އަހަރު ފުރިގެންވާ މީހުންނަށް ކަމުގައިވީއިރު، ފުރިހަމަވާންޖެހޭ ޝަރުތުތައް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ވެސް ހާމަކޮށްފައިވެއެވެ.
ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުގައި ފަހިރެސް ޕޯޓަލް މެދުވެރިކޮށް މެޖިސްޓްރޭޓްކަމަށް އެދި ހުށަހަޅެމުގެ ސުންގަޑިއަކީ އޮގަސްޓު 12 ވަނަ ދުވަހުގެ 12:00 ޖަހާއިރެވެ. އަދި އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.









