Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
452 ދުވަސް ކުރިން - 20 ޖުލައި 2025 19:36
ފޮޓޯ: މޯލްޑިވްސް ފައިނެންޝިއަލް ރިވިއު
ފޮޓޯ: މޯލްޑިވްސް ފައިނެންޝިއަލް ރިވިއު
ޚުލާސާ

މި ފުރުސަތަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފާހަގަކުރި.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް، ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮމަން ފަންޑް ފޯ ކޮމޯޑިޓީސް (ސީ.އެފް.ސީ) ގެ ފަރާތުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށެވެ.

ވުޒާރާއިން ބުނީ، މި މާލީ އެހީގެ ފުރުސަތު ހާއްސަކޮށްފައިވަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިނުވާ ގައުމުތަކަށާއި، ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ކަމަށެވެ.

މި ފަންޑުން ފައިސާ ދޫކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ އީޖާދީ އައު ޓެކްނޮލޮޖީތައް ތަރައްގީކުރުމާއި، ދެމެހެއްޓެނެވި ދަނޑުވެރިކަމުގެ އުސޫލުތައް ބޭނުންކުރުން ހިމެނެ އެވެ. މީގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ހައްލުތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޑިޖިޓަލް ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމަށް ވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމާއި ރައްޓެހި އުސޫލުތަކަށް ދަނޑުވެރިކަން ބައްޓަންކުރުމަށާއި، ބްލޮކް ޗެއިންފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިކުއިޓީ ކަށަވަރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ވެސް މި ފަންޑުން އެހީތެރިކަން ލިބިގެންދާނެ އެވެ.

Advertisement

Advertisement 1

ވުޒާރާއިން އިތުރަށް ބުނީ، ހުށަހަޅާ ޕްރޮޖެކްޓްތައް އޮޕަރޭޝަނަލީ އަދި މާލީގޮތުން ދެމެހެއްޓެނެވިކަމާއެކު، އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ވެސް ދެމެހެއްޓެނެވި ޕްރޮޖެކްޓަކަށް ވާންޖެހޭނެ ކަމަށެވެ.

އެގޮތުން، މި ފަންޑިންއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 29 ސެޕްޓެމްބަރު 2025 އެވެ. މި ފުރުސަތަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފާހަގަކުރި އެވެ. ވުޒާރާއިން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ބާރުއަޅާފަ އެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)ދަނޑުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

19 ގަޑިއިރު ކުރިން - 13:53

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

121 ދުވަސް ކުރިން - 12:32

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

183 ދުވަސް ކުރިން - 10:56

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

184 ދުވަސް ކުރިން - 19:35

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

213 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

226 ދުވަސް ކުރިން - 15:24