Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
121 ދުވަސް ކުރިން - 16 ޖޫން 2026 12:32
މި ޕްރޮގްރާމްގަި ހަތަރު ވައްތަރެއްގެ ސްކޮލާޝިޕް ހިމެނޭ---
މި ޕްރޮގްރާމްގަި ހަތަރު ވައްތަރެއްގެ ސްކޮލާޝިޕް ހިމެނޭ---
ޚުލާސާ

މީގެ ދަށުން ބެޗްލަރސް އަދި މާސްޓާސް ޑިގްރީގެ 12 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖުލައި 2026 އެވެ. މިއީ ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުވުމަށް ފަންނީ މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތެކެއް.

މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި، ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި، ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މިއަދު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން ހުޅުވާލެވިފައިވާ ފުރުސަތުތަކެކެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމްގެ ދަށުން ފިޝަރީޒް، މެރިން ސައިންސް، މެރިކަލްޗަރ އަދި އެގްރިކަލްޗަރ ދާއިރާއިން އަންޑަރގްރެޖުއޭޓް (ބެޗްލަރސް ޑިގްރީ) އަދި ޕޯސްޓްގްރެޖުއޭޓް (މާސްޓާސް ޑިގްރީ) ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ސްޓެޓިސްޓިކްސް، މައިކްރޯ ބަޔޮލޮޖީ، ޕްލާންޓް ޕްރޮޓެކްޝަން އަދި ހޯޓިކަލްޗަރ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

ސްކޮލަރޝިޕްގެ ތަފްސީލު:

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު އޮތީ އޭޝިއާ ސަރަޙައްދާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުގެ އިތުރުން ބައެއް ދާއިރާތަކުން އޯއީސީޑީ ގައުމުތަކުގައެވެ. ސްކޮލަރޝިޕް ކާމިޔާބުކުރާ ފަރާތްތަކުގެ ކޯސް ފީ، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް އަދި މަހުން މަހަށް ދޭ ސްޓައިޕަންޑް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ކުރިމަތިލުމުގެ ޝަރުތު:

ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން އޯލެވެލް އަދި އޭލެވެލްއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑް ހާސިލުކޮށްފައިވާންޖެހޭއިރު، މާސްޓާސްއަށް ކުރިމަތިލާ ފަރާތްތަކުން ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށް 2 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށްޓަކައި IELTS ނުވަތަ TOEFL ހަދާފައި އޮންނަންޖެހެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހަޅާނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ) ނުވަތަ އީމެއިލް މެދުވެރިކޮށް transform@fishagriocean.gov.mv އަށެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 3033484 އަށް ގުޅުއްވައިގެން ސާފުކުރެއްވޭނެއެވެ. މި ޕްރޮގްރާމަކީ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ދަނޑުވެރިކަންމަސްވެރިކަންމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްސްކޮލަޝިޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

16 ގަޑިއިރު ކުރިން - 13:53

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިދިޔަ މަހު މިފްކޯއިން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

11 ދުވަސް ކުރިން - 15:20

ފަރުމަސް އާލާކުރުމުގެ ފަންނީ ހުނަރު އުނގަންނައިދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

11 ދުވަސް ކުރިން - 11:00

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

23 ދުވަސް ކުރިން - 21:47

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

38 ދުވަސް ކުރިން - 10:19

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

39 ދުވަސް ކުރިން - 12:06