ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން ކައިރި ވުމާއި ގުޅިގެން، އެއާޕޯޓުގެ ކާރު ކިއު މިހާރު ވަނީ ކާގޯ ޓާމިނަލް ކައިރިއަށް ބަދަލު ކޮށްފައެވެ.
އެމްއޭސީއެލް އިން ބުނީ، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށް މިހާރު އެއްވެސް ކާރަކަށް މަޑުނުކުރެވޭނެ ކަމަށެވެ. ނަމަވެސް މީ ވަގުތީ ބަދަލެއް ކަމަށާއި، އާ ޓާމިނަލް ހުޅުވުމުން މި މައްސަލަ ހައްލުވެއެގެން ދާނެ ކަމަށްވެސް ބުންޏެވެ.
އަދި މީގެ ފަހުން އެއާޕޯޓަށް ދާ އެމްޓީސީސީގެ ބަސްތައް މަޑު ކުރަން ހަމަޖެހިފައިވަނީ އެމްއޭސީއެލް ކޯޕަރޭޝަން އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަންޏެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ދަނީ ތައްޔާރު ވަމުންނެވެ.