Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަޝްވަރާކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަޝްވަރާކޮށްފި

އަައިޝަތު ޒީނާ
366 ދުވަސް ކުރިން - 20 ޖުލައި 2025 15:50
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން. / ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާ
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން. / ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާ
ޚުލާސާ

ވަޒީފާގެ ރައްކާތެރިކަން އިތުރުކޮށްދިނުމާއި، ކުރެވޭ މަސައްކަތްތަށް އެކަށީގެންވާ އުޖޫރާ ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އަލީ ހައިދަރު އަހްމަދު އަދި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ވަޒީރު، އަލީ އިހުސާން ބައްދަލުކުރައްވައިފި އެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތަކުގައި ދެ ވުޒާރާއިން ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އެގޮތުން، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތަށް ހަރުދަނާ އިންތިޒާމަކާއިއެކު ކުރިއަށްގެންދިޔުމަށް ދެ ވުޒާރާ އިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް މައުލޫމާތުދީފައިވެ އެވެ.

ވަޒީފާގެ ރައްކާތެރިކަން އިތުރުކޮށްދިނުމާއި، ކުރެވޭ މަސައްކަތްތަށް އެކަށީގެންވާ އުޖޫރާ ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ސިޔާސަތަށް އަމަލުކުރުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ދެ ވުޒާރާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

Advertisement

Advertisement 1

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީމިނިސްޓަރު އަލީ އިހުސާން(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

22 ދުވަސް ކުރިން - 09:03

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

41 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

48 ދުވަސް ކުރިން - 07:07

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

51 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

51 ދުވަސް ކުރިން - 17:03

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

54 ދުވަސް ކުރިން - 12:12