Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް މަންދީގެ މައްޗަށް ސާބިތުވެއްޖެ

ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް މަންދީގެ މައްޗަށް ސާބިތުވެއްޖެ

އަައިޝަތު ޒީނާ
407 ދުވަސް ކުރިން - 20 ޖުލައި 2025 15:25
މަރިޔަމް ޒުބައިރު (މަންދީ).
މަރިޔަމް ޒުބައިރު (މަންދީ).
ޚުލާސާ

މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިއަދު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދަރިކަލުން އުމައިރު މުހައްމަދު މުޢިއްޒުގެ އަބުރަށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަރައިގެންފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައީސްގެ ދަރިކަލުން އުމައިރާ ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް މަންދީ ދައްކާފައިވަނީ އެމްޑީޕީން މިދިޔަ މާރިޗު މަހުގެ ތެރޭގައި މާލޭގައި ބާއްވަމުން ދިޔަ ސިލްސިލާ މުޒާހަރާތަކެއްގަ އެވެ. އުމައިރުއަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ މައްސަލަ މެޑަމް ސާޖިދާ ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ހުށަހަޅާފަ އެވެ.

އެ މައްސަލާގައި މެޑަމް ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައިވަނީ ދިން މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން މެޑަމް ސާޖިދާ އެދިވަޑައިގަތީ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.

Advertisement

Advertisement 1

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ މަންދީގެ ގައިރު ހާޒިރުގައި ކުރާ ހުކުމުން ތިން ކަމަކަށް އެދިވަޑައިގެންފައެވެ. އެއީ، ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ދަރިކަލަށް ލިބިފައިވާ އަދި ލިބޭނެ ކަމަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު މެޑަމްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށާއި، ދަރިކަލަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުމަށެވެ.

މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިއަދު އެވެ.

މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންދާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މަންދީ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިވަދައިގަންނަވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރެއްވޭނެ ކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން މަންދީއާއި އިދިކޮޅު އެމްޑީޕީގެ ޗެއާމަން ފައްޔާޒް އިސްމާއީލް ވެސް ދެއްކެވި ވާހަކަތަކަށް ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށް ހުކުމުގައިވެއެވެ. އަދި މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމުން، އާޏްމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

1 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

19 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

19 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

20 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

21 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

21 ގަޑިއިރު ކުރިން - 16:46