ރައީސްގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 20 ޖުލައި 2025 13:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޯދީގެ މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަސްމީ ދަތުރުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅު އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. މިއީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި، ޖޮއިންޓް ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށް، ގިނަ އެއްބަސްވުންތަކެއް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%