4,000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރާނީ އެފްޑީސީން: ހައުސިން މިނިސްޓްރީ

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 19 ޖުލައި 2025 15:12
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް / ފޮޓޯ: އެފްޑީސީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް / ފޮޓޯ: އެފްޑީސީ
ޚުލާސާ

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ 4،000 ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ 4،000 ފްލެޓް އިމާރާތްކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ މީހުންނަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތްކުރުމަށް، ފްލެޓު ލިބުނު މީހުންގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ ހުރިހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށާއި އެގޮތަށް ޕޯޓަލްއިން ނާންގާ މީހުންނަށް މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށް ބުންޏެވެ.

ސްކޭމް ފޯނު ކޯލުތަކަށާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%