Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ރައްޔިތުން އިތިއޯޕިއާ އަށް ބަދަލުކުރަން އެމެރިކާއާއެކު މަޝްވަރާ ކޮށްފި: ރިޕޯޓް

ޣައްޒާ ރައްޔިތުން އިތިއޯޕިއާ އަށް ބަދަލުކުރަން އެމެރިކާއާއެކު މަޝްވަރާ ކޮށްފި: ރިޕޯޓް

ޖަވާދު
371 ދުވަސް ކުރިން - 19 ޖުލައި 2025 11:33
ނަތަންޔާހޫ (ވ) އާއި ޓްރަމްޕް: ޣައްޒާ ރައްޔިތުން އެ ބިމުން ބާލައިފިނަމަ އިނާމެއްގެ ގޮތުން “ނޮބެލް ޕްރައިޒް އެވޯޑް” ޓްރަމްޕަށް ހޯދައިދިނުމަށް ނަތަންޔާހޫ ދަނީ މަސައްކަތް ކުރަމުން. / ގެޓީ އިމޭޖްސް
ނަތަންޔާހޫ (ވ) އާއި ޓްރަމްޕް: ޣައްޒާ ރައްޔިތުން އެ ބިމުން ބާލައިފިނަމަ އިނާމެއްގެ ގޮތުން “ނޮބެލް ޕްރައިޒް އެވޯޑް” ޓްރަމްޕަށް ހޯދައިދިނުމަށް ނަތަންޔާހޫ ދަނީ މަސައްކަތް ކުރަމުން. / ގެޓީ އިމޭޖްސް
ޚުލާސާ

އިތިއޯޕިއާގެ އިތުރުން އިންޑޮނޭޝިއާ އާއި ލީބިއާ އަށް ވެސް ޣައްޒާ ރައްޔިތުން ބަދަލުކުރެވޭތޯ އެމެރިކާ އާއި އިސްރާއީލުން ދަނީ މަޝްވަރާ ކުރަމުން.

ޣައްޒާގެ މުސްލިމު ރައްޔިތުން ފަލަސްޠީނު ބިމުން ގަދަކަމުން ނެރެގެން އިތިއޯޕިއާ އަށް ގެންދިޔުމަށް ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފިކަން ހާމަވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕަށް މިކަން ހުށަހެޅީ ބެންޖަމިން ނަތަންޔާހޫ އެވެ. އެ މީހުން ބޭނުންވަނީ އިތިއޯޕިއާގެ އުތުރުގެ ސަރަޙައްދަށް ޣައްޒާ ރައްޔިތުން ބަދަލުކުރުމަށް ކަމަށް ވެސް ނުރަސްމީ ބައެއް ރިޕޯޓްތައް ބުނެއެވެ.

އިތިއޯޕިއާ އަކީ އެފްރިކާގެ އެންމެ ދުވަސްވީ އެއް ޤައުމެވެ. ހުޅަނގުން ވަނީ އެކި ފަހަރު މަތިން އިތިއޯޕިއާ އަށް އަތްގަދަކޮށް އެ ޤައުމުގެ މުއްސަނދިކަން ފޭރިގަނެފައެވެ. 1936 އިން 1941 އަށް އިތިއޯޕިއާގެ މުއްސަނދިކަން ފޭރިގަތީ އިޓަލީންނެވެ. އެއަށްފަހު 2020 އިން 2022 އަށް ހުޅަނގުން އަޑީގައި އޮވެ އިތިއޯޕިއާ ދާޚިލީ ހަނގުރާމައަކަށް ވައްޓާލައި 600،000 އަށް ވުރެ ގިނަ މީހުން މަރާލައި އުތުރުގެ ސަރަހައްދުތައް ފަނާކޮށްލިއެވެ.

ރިޕޯޓްތަކުން ހާމަވާ ގޮތުގައި ޣައްޒާ ރައްޔިތުން ބަލިކަށި ޖަނަވާރުންތަކެއް ފަދައިން އެ މުޤައްދަސް ބިމުން ނެރެ އެއްލައިލަން ނަތަންޔާހޫ ޕްލޭން ކޮށްފައި ވަނީ އިތިއޯޕިއާ އާއި އިންޑޮނޭޝިއާ، އަދި ލީބިޔާ ފަދަ ގައުމުތަކަށެވެ.

Advertisement

Advertisement 1

މިހާރު، ވޮޝިންޓަންގައި ހުންނަވާ މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ ވިދާޅުވީ މި ޕްލޭނާއެކު ފެބުރުއަރީ މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް އެކި ޤައުމުތަކާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ޣައްޒާ ރައްޔިތުން މިޞްރާއި ލީބިއާ ފަދަ ޤައުމުތަކަށް ބަދަލުކުރަން އުޅޭ ޚަބަރު ލިބުމާއެކު މިޞްރުން ވަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދާފައެވެ.

ޣައްޒާ ރައްޔިތުން އެ ބިމުން ބާލައި އެތަން އިޒްރޭލަށް މިލްކު ކޮށްދިނުމަށް ނަތަންޔާހޫ ދަނީ ކެނޑިނޭޅި އާދޭސް ކުރަމުންނެވެ. އިނާމެއްގެ ގޮތުން، ދުނިޔޭގެ ޞުލްޙައިގެ ނޮބެލް އިނާމު ޓްރަމްޕަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ޣައްޒާޑޮނަލްޑް ޓްރަމްޕުނަތަންޔާހޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05