އިނގިރޭސިވިލާތުގެ ފޮރިން އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓްއާ ރައީސް ބައްދަލުކުރައްވައިފި

އަހްމަދު އީޒާން | 23 ގަޑިއިރު ކުރިން - 17 ޖުލައި 2025 09:30
އިނގިރޭސިވިލާތުގެ ފޮރިން އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓްއާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުގެ ފޮރިން އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓްއާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ ބައްދަލުކުރެއްއެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން.

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ލެމީ އެމްޕީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މި ވަގުތު ގެންދަވަނީ އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

ރައީސް އޮފީހުން ބުނީ އިއްޔެގެ އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި ހަރުދަނާ ކުރުމާ ބެހޭ ގޮތުން ކަމަށެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި ތައުލީމާއި ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%