Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވައިޕޯގެ އެހީތެރިކަމާއެކު ރަވީ ދުނިޔޭގެ ސަމާލުކަމަށް!

ވައިޕޯގެ އެހީތެރިކަމާއެކު ރަވީ ދުނިޔޭގެ ސަމާލުކަމަށް!

އަައިޝަތު ޒީނާ
322 ދުވަސް ކުރިން - 16 ޖުލައި 2025 20:00
"އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަރޗުއަލް ޗެޓް" ސިލްސިލާގައި ރަވީ ރާއްޖެ ތަމްސީލުކުރަނީ.--
"އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަރޗުއަލް ޗެޓް" ސިލްސިލާގައި ރަވީ ރާއްޖެ ތަމްސީލުކުރަނީ.--
ޚުލާސާ

ވުޒާރާއިން ބުނީ ވައިޕޯ ފީޗާގައި ރަވީ ހިމެނުމުން އޭނާގެ ފަރުދީ ހިއްސާގެ އިތުރުން ދުނިޔޭގެ މައިދާނުގައި ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމަށް.

ދިވެހިރާއްޖޭގެ އުފެއްދުންތެރި އިގްތިސާދަށް ފަހުރުވެރި ވަގުތެއްގައި، ފިލްމް ހަދާ ފަރާތެއް ކަމުގައިވާ ރަވީ ފާރޫގު ފިލްމް އުފެއްދުމުގެ ދާއިރާއަށް ދިވެހިރާއްޖޭގެ ސަމާލުކަން ގެނެސްދީފިއެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) ގެ ވެބްސައިޓުގައި ރަވީގެ ވާހަކަ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ރަވީގެ ވާހަކަ ވަނީ ސުވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު ވައިޕޯގެ 66 ވަނަ އެސެމްބްލީތަކުގެ ސިލްސިލާގައި (ޖުލައި 8-17، 2025) ވެސް ތައާރަފްކުރެވިފައި ކަމަށާއި، މިއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުފެއްދުންތެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ ރަވީއަކީ ވައިޕޯގެ "އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަޗުއަލް ޗެޓް" ސިލްސިލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ވުޒާރާގެ ފަރާތުން ހޮވިފައިވާ ފަރާތް ކަމަށެވެ. މި މަޝްރޫއަކީ ވުޒާރާއިން ވައިޕޯ އާއި ކޮރެއާ ޖުމްހޫރިއްޔާގެ މިނިސްޓްރީ އޮފް ކަލްޗާ، ސްޕޯޓްސް އެންޑް ޓޫރިޒަމް އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

ވުޒާރާއިން ބުނީ މި މަޝްރޫއުގެ މަގްސަދަކީ އޭޝިއާ ސަރަހައްދުގެ އުފެއްދުންތެރި ފަރާތްތަކުގެ މަސައްކަތް ރައްކާތެރިކޮށް އަދި ފުޅާކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ބޭނުންކުރާ ގޮތް ފާހަގަކޮށް ހާމަކުރުން ކަމަށެވެ.

އުފެއްދުންތެރި ޕްރޮޑިއުސަރު ޝާމިން ނިޒާމްއާ އެކު، ރަވީ އުފައްދާފައިވާ، އެޕިސޯޑުގައި ދިވެހި ފިލްމު ހަދާ ފަރާތްތަކުން ކޮޕީރައިޓް، އެއްބަސްވުންތައް، ފައިސާ ހޯދުން، އަދި އުފެއްދުންތެރިކަމުގެ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިމަތިވާ ތަޖުރިބާތަކާ މެދު ވަނީ އަލިއަޅުވާލާފައެވެ. އަދި ރަވީގެ އަމިއްލަ މަސައްކަތުގެ ދާއިރާގެ ތަޖުރިބާއާއި ރާއްޖޭގެ މި ދާއިރާއާ ގުޅޭ ސީދާ މައުލޫމާތުތަކަށް ބިނާކޮށް، އޭނާ ދިވެހިރާއްޖޭގެ އޯޑިއޯ ވިޝުއަލް ދާއިރާގައި ހުރި ގޮންޖެހުންތަކާއި އަދި ބޭނުންނުކުރެވި ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ޔެސް ޓީވީ މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި، ވައިޕޯއިން ދުނިޔޭގެ ފެންވަރުގައި ޑިސްޓްރިބިއުޓްކޮށްފައިވާ މި އެޕިސޯޑަކީ ވައިޕޯގެ "ރައިޓްސް، ކެމެރާ، އެކްޝަން"! އަދި "ފްރޮމް ސްކްރިޕްޓް ޓު ސްކްރީން" އިނީޝިއޭޓިވްސް އިން އިންސްޕަޔާވެގެން ކުރިއަށް ގެންދިޔަ އެޕިސޯޑެއް ކަމަށް ވުޒާރާއިން ބުންޏެވެ. އެކަމުގެ ސަބަބުން ދިވެހި އަޑު ބައިނަލްއަގްވާމީ ވާހަކައަކަށް ގެނެވުނުކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މެލޭޝިއާ (މިއުޒިކް އިންޑަސްޓްރީ)، ފިލިޕީންސް (އެނިމޭޝަން އިންޑަސްޓްރީ)، ސައުތު ކޮރެއާ (މިއުޒިކް އިންޑަސްޓްރީ) އަދި (ރާއްޖެ އޯޑިއޯވިޒުއަލް އިންޑަސްޓްރީ) ފަދަ ގައުމުތަކުގައި މި ސިލްސިލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ގައުމުތަކުގައި ވެސް އިތުރު ލައިވް ޗެޓްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން މައުލޫމާތުދީފައިވެ އެވެ.

ވުޒާރާއިން ބުނީ ވައިޕޯ ފީޗާގައި ރަވީ ހިމެނުމަކީ އޭނާގެ ފަރުދީ ހިއްސާގެ އިތުރުން ދުނިޔޭގެ މައިދާނުގައި ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުން އިތުރުވަމުންދާ ކަން ވެސް ހާމަކޮށްދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ގައުމީ އަމާޒަށް މި ބައިނަލްއަގްވާމީ ސްޕޮޓްލައިޓުން އެހީތެރިކަން ފޯރުކޮށްދެވިގެންދިޔައީ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސާދު ކުރިއަރުވައި، 2030 ވަނަ އަހަރާ ހަމައަށް ޖީ.ޑީ.ޕީގެ 15 އިންސައްތަ ހިއްސާކުރުމަށް ކުރެވިގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މީގެ ސަބަބުން އުފެއްދުންތެރި ސިނާއަތްތައް ހަރުދަނާ ކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރިފޯމް ކުރުމާއި ގްލޯބަލް ޕާޓްނާޝިޕްތަކަށް ސްޓްރެޓެޖިކް ޑައިރެކްޝަންއަކަށް ގެންދިއުމަށް ވުޒާރާއިން ކުރަމުންގެންދާ މަސައްކަތް ދައްކުވައިދޭ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

Advertisement

Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

28 ދުވަސް ކުރިން - 12:44

މާފުށީ "މާރަނގަ މާރުކޭޓު" އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރައްވައި، ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

މާފުށީ "މާރަނގަ މާރުކޭޓު"އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރައްވައިފި

39 ދުވަސް ކުރިން - 00:36

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

50 ދުވަސް ކުރިން - 19:30

ތެލުގެ ޝިޕްމަންޓްތައް ކުރިއަށް އޮތް ތިން މަހަށް ޝެޑިއުލް ކުރެވިއްޖެ: މިނިސްޓަރު ސައީދު

"ތެލުގެ ޝިޕްމަންޓްތައް ކުރިއަށްއޮތް 3މަހަށް ޝެޑިއުލް ކުރެވިއްޖެ"

51 ދުވަސް ކުރިން - 12:16

ގައުމީ ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވޭ ގޮތް ހަދަނީ

ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ

71 ދުވަސް ކުރިން - 13:36

ތެލުގެ އިތުރު ޝިޕްމަންޓުތައް ގެނައުމަށް ޝެޑިއުލް ކޮށްފި؛ އެއްވެސް ދަތިކަމެއްނެތި ތެޔޮ ލިބޭނެ: ސައީދު

"ތެލުގެ އިތުރު ޝިޕްމަންޓުތައް ގެނައުމަށް ޝެޑިއުލް ކޮށްފި"

74 ދުވަސް ކުރިން - 01:29