ޓްރޭޑްމާކާ ބެހޭ ބިލު ފާސްވުމުން ފިކުރީ މުދާ ރައްކާތެރިކުރަން ސަރުކާރުން ދޭ އަހަމިއްޔަތު ހާމަވާނެ: ސައީދު

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 16 ޖުލައި 2025 18:52
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޚުލާސާ

ސައީދު ވިދާޅުވީ މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދުމަށް ވެސް މުހިންމު ބިލެއް ކަމަށް.

ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރޭޑްމާކާ ބެހޭ ބިލު ފާސްވުމުން ފިކުރީ މުދާ ރައްކާތެރިކުރުމަށް މި ސަރުކާރުން ދޭ އަހަމިއްޔަތު ހާމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކާ ބެހޭ ބިލަކީ ނުގެނެވި ލަސްވެފައިވާ، ރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއް ކަމަށެވެ.

އެ ގާނޫނު ވުޖޫދަށް އައުމުން ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ވިޔަފާރިތަކުން ކުރާ އިތުބާރު އިތުރުކޮށްދީ، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތު ހާމަކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދުމަށް ވެސް މުހިންމު ބިލެއް ކަމަށެވެ.

ފަންނުވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރެވެ.

އެއީ, އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުމަށް ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް, ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%