Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮންޖެހުންތައް ނިމުމަކަށް

އާ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮންޖެހުންތައް ނިމުމަކަށް

އާނާ ފަހީމް
374 ދުވަސް ކުރިން - 16 ޖުލައި 2025 18:05
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވަނީ / ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވަނީ / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމާއެކުއާ ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފިއެވެ. 

ވީއައިއޭގެ އާ ޓާމިނަލް އާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި ކަމަށްވާ ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ރެޕުން ތިބެންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަސީރު ވިދާޅުވީ، އާ ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ, ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ރާއްޖޭގައި ހިންގާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވީ, އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ޚާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ފަތުރުވެރިންވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އާ ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވީ، އާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅިވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، އޮރާޓް (ORAT) ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް މިހާރު ދަނީ ބާއްވަމުންނެވެ. މި ޓްރަޔަލްތަކުގައި އެއާލައިންތަކަށާއި އެއާޕޯޓް ރިޕްރެޒެންޓޭޓިވްސް އަށާއި ޓްރެވަލް އެޖެންޓުންނަށްވެސް ވަނީ ފުރުސަތު ދީ، އެ ބައިވެރިވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

4 ދުވަސް ކުރިން - 18:05

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

28 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

29 ދުވަސް ކުރިން - 19:47

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ހަފުތާއަކު ތިން ފްލައިޓާއެކު ފްލައިނާސް އިން ދަތުރުތައް އަލުން ފަށައިފި

35 ދުވަސް ކުރިން - 17:00

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

52 ދުވަސް ކުރިން - 17:15