ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ 922 މުވައްޒަފުން

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 15 ޖުލައި 2025 00:50
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް /ފޮޓޯ: ޚުލާސާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް /ފޮޓޯ: ޚުލާސާ
ޚުލާސާ

ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް އަބަދުވެސް ބަދަލު އަންނަމުންދާނެ ކަމަށް ރައީސް އޮފީހުން ފާހަގަކުރި.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ޖުމްލަ 922 މުވައްޒަފުން އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި މުވައްޒަފުން އައްޔަނު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި 922 މުވައްޒަފުން ތިއްބެވި އެކި ގިންތިތަކަކީ:

  1. ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  2. ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  3. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  4. ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
  5. ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  6. ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  7. ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  8. ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
  9. ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  10. ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
  11. އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
  12. އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސިޔާސީ މަގާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމާއި، ވަކިކުރެއްވުމާއި، އަދި އިސްތިޢުފާ ދެއްވުމަކީ ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ދެމިހުންނަ ކަމެކެވެ. އެހެންކަމުން، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް އަބަދުވެސް ބަދަލު އަންނަމުންދާނެ ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%