އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 16 ޖުލައި 2025 09:33
ވެލާނާ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން / ފޮޓޯ: އެވްސެކޮމް
ވެލާނާ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން / ފޮޓޯ: އެވްސެކޮމް
ޚުލާސާ

ގަވާއިދު ކުރިން އޮންނަ ގޮތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 8 ގަޑިއިރު.

ރާއްޖޭގެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް މިއަދު ގެޒެޓުކޮށްފަ އެވެ.

އެ އިސްލާހުގައި ބުނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރު ކަމަށެވެ. އަދި ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެ ކަމަށް އެ އިސްލާހުގައި ބުންޏެވެ.

އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު އަށް ގަޑިއިރެވެ.

ގަވާއިދަށް ގެނައި އިސްލާހާއެކު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ އިތުރު ގަޑި ހިސާބުކުރާނީ ދުވާލަކު ހަ ގަޑިރިއަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށެވެ.

އެ ގަވާއިދަށް ދެން ގެނައި އިސްލާހުގައި ބުނީ މުވައްޒަފު މަސައްކަތު ގަޑިއަށް ހާޒިރުވެފައި ވަނީ މަސައްކަތު ގަޑީގެ ބޮޑުބައި (ތިން ގަޑިއިރަށް ވުރެ ގިނައިރު) ފާއިތުވި ފަހުން ކަމުގައި ވަނީ ނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތްކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެ ކަމަށެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%