ސިޔާމާއި ޒާރާ ވަރިވެެއްޖެ

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 15 ޖުލައި 2025 19:48
ސިޔާމް އާއި ޒާރާގެ ކައިވެނި ހަފްލާގެ ތެރެއިން--
ސިޔާމް އާއި ޒާރާގެ ކައިވެނި ހަފްލާގެ ތެރެއިން--
ޚުލާސާ

އެދެމީހުންގެ ކައިވެނި ރޫޅިފައިވާކަން ކަށަވަރުކޮށްދިނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. އައްބާސް ވިދާޅުވީ ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއްނޫން ކަމަށް.

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި އައިމިނަތު ޒާރާ ވަރިވެއްޖެއެވެ.

އެ ދެމީހުންގެ ކައިވެނި ރޫޅިފައިވާކަން ކަށަވަރުކޮށްދިނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. އައްބާސް އަކީ ސިޔާމްގެ ވަރަށް އަރިސް ބޭފުޅެކެވެ.

ފޭސްބުކްގައި އައްބާސް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިޔާމް އާއި ޒާރާގެ ކައިވެނި އަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ ކައިވެނިއެއް ކަމަށާއި އެ ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތިގޮތުގައި މަޝްވަރާކުރުމަށްފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

ސިޔާމް އަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއް އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އަދި ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކުގައި ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް ވިދާޅުވީ ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއްނޫން ކަމަށެވެ.

ސިޔާމް އާއި ޒާރާ ކައިވެނިކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ގައެވެ.

އެ ކައިވެނީގެ މުނާސަބަތުގައި ޒާރާގެ ރަށް، ކަމަދޫގައިވެސް އެކި ދުވަސްމަތިން ތަފާތު ހަރަކާތްތަކާއި ކެއުންތައް ބާއްވާފައިވެއެވެ.

ސިޔާމްގެ ފަރާތުން އޭރު ވަނީ މުޅި ކަމަދޫގެ ރައްޔިތުންނަށް ބޭސް ފަރުވާގެ އެހީ ވެސް ހުޅުވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%