Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވިޔަފާރިވެރިންގެ ހިތް ފަތަހަކޮށްލި ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

ވިޔަފާރިވެރިންގެ ހިތް ފަތަހަކޮށްލި ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 22 މެއި 2026 21:53
އައިމިނަތު ޒާރާ---
އައިމިނަތު ޒާރާ---
ޚުލާސާ

ޒާރާ ޕާފޯމްކުރާ ލަވައެއްގެ ކުރު ވީޑިއޯކޮޅެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ. ބެލެވޭ ގޮތުގައި އީދުގައި ޒާރާ ފެނިގެންދާނީ އުފަން ރަށް ކަމަދޫއިން.

2024 ވަނަ އަހަރުގެ ބޮޑު އީދު ކުޅިވަރުތަކުގެ ތެރެއިން މުޅި ރާއްޖެއަށް މަޝްހޫރުވެގެންދިޔަ ބ. ކަމަދޫއަށް އުފަން ޒާރާ، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ނެށުމުގެ ދާއިރާއަށް އެނބުރި އަތުވެއްޖެ އެވެ.

ބޮޑު އީދުގައި ދެއްކި ފުރިހަމަ ނެށުންތަކާއެކު ޒާރާ ވެގެންދިޔައީ ރާއްޖޭގެ ގިނަ ބައެއްގެ، ހާއްސަކޮށް ފިރިހެނުންގެ ހިތްތައް އަތުލައިގަތް ފަންނާނަކަށެވެ. މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިންވެސް ހިމެނުނުއިރު، ޒާރާގެ ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރުކުރީ ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިޔާ އަދި ރިސޯޓް އޯނަރު، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރެވުނު މި ކައިވެންޏާއެކު ޒާރާ ވަނީ ނެށުމުގެ ދާއިރާއާ ދުރަށް ގޮސްފަ އެވެ. ސިޔާމްގެ އުމުރުފުޅުން 55 އަހަރުގައި، 23 އަހަރުގެ ޒާރާ އާ އޭނާ ކައިވެނި ކުރީ ދެ އަންބަށެވެ. ނަމަވެސް، މި ކައިވެނި މާ ގިނަ ދުވަހަކަށް ދެމިގެންނުގޮސް، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ރޫޅިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކައިވެނި ރޫޅާލާފައިވަނީ ދެ ފަރާތުގެ މެދުގައި މަޝްވަރާކުރެވިގެންނެވެ.

Advertisement

Advertisement 1

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޒާރާ އަލުން ނެށުމުގެ ދާއިރާއަށް ނުކުންނައިރު، މިފަހަރުވެސް އޭނާ ފެނިގެންދާނީ އުފަން ރަށް ކަމަދޫއިންކަން ބެލެވެ އެވެ.. ކުރިއަށް އޮތް އީދު ޝޯތަކަށް ޒާރާ އާއި އޭނާގެ ޓީމުން ވަރަށް ފޯރިއާއެކު ތައްޔާރުވަމުންދާއިރު، އޭނާ ޕާފޯމްކުރާ ލަވައެއްގެ ކުރު ވީޑިއޯކޮޅެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ. ޒާރާ ވަނީ އޭނާ ޕާފޯމްކުރާ ލަވައެއްގެ ތަންކޮޅެއް އޭނާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީއަށް ރީޕޯސްޓު ކޮށްފަ އެވެ.

މި ފަހުގެ ތާރީހެއްގައި އީދު ޝޯތަކަކުން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ފަންނާނަކީ ޒާރާ ކަމަށްވާއިރު، އޭނާގެ މި އެނބުރި އައުމަށް ރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާނެކަން ކަށަވަރެވެ.

ކަމަދޫޢީދުމެމްބަރު އަހްމަދު ސިޔާމް މުހައްމަދު
Ad
Ad

3 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝަމްސުއްދީން

53 ދުވަސް ކުރިން - 23:12

ރީތި އަންހެނެއް ހުވާ މިބުނީ

ގުޅޭ ޚަބަރުތައް

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފި

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފި

48 ދުވަސް ކުރިން - 11:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

51 ދުވަސް ކުރިން - 15:55

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

54 ދުވަސް ކުރިން - 10:09

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ވެސް ތާއީދުކޮށްފި

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ތާއީދުކޮށްފި

124 ދުވަސް ކުރިން - 11:47

އެމްއެންޑީއެފުން އިސްނަގައިގެން, އީދު ފާހަގަ ކުރަން ބޮޑު ހަވީރެއް ބާއްވަނީ

އެމްއެންޑީއެފުން އިސްނަގައިގެން އީދު ހަވީރު ބާއްވަނީ

125 ދުވަސް ކުރިން - 11:24

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި ކުރިއަށްދާނެ: ޑީޖޭއޭ

ހަނދު ސާބިތުކުރުން ކުރިއަށްދާނީ މި މަހުގެ 18ގައި

125 ދުވަސް ކުރިން - 11:24