ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފިއެވެ. ޢަޟްހާ ޢީދު މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް ވަނީ ބޮޑުޖަމާޢަތުގައި ކޮށްފައެވެ.
މިއަދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިއެވެ. އެއީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި ޢީދު ނަމާދު ވަނީ ކޮށްފައެވެ. އެއީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މިސްކިތެއްގައެވެ.








