Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގައި އުޟުހިޔާ ކަތިލާނެ ނައަމްސޫފިއެއް ނެތް؛ އެހެންނަމަވެސް އުންމީދު ކަނޑައެއް ނުލާ

ޣައްޒާގައި އުޟުހިޔާ ކަތިލާނެ ނައަމްސޫފިއެއް ނެތް؛ އެހެންނަމަވެސް އުންމީދު ކަނޑައެއް ނުލާ

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 27 މެއި 2026 15:17
ޣައްޒާގައި ކަންބަޅިއެއްގެ އަގު ވަނީ 6،000 ޑޮލަރަށް އުފުލިފައި.
ޣައްޒާގައި ކަންބަޅިއެއްގެ އަގު ވަނީ 6،000 ޑޮލަރަށް އުފުލިފައި.
ޚުލާސާ

ޖަނަވާރުތައް ނެތުމުގެ ސަބަބުން ޣައްޒާގައި އީދުގެ އުފާވެރިކަން ވަނީ ގެއްލިފަ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޕެސްޓޯރަލް ސެކްޓަރުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފަ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ތެރޭގައި، މިއަހަރުގެ އަޟްހާ އީދާ ޣައްޒާގެ ރައްޔިތުން ކުރިމަތިލަނީ ނުހަނު ހިތްދަތި ހާލަތެއްގަ އެވެ. އުޟުހިޔާ ކަތިލާނެ ޖަނަވާރެއް ނެތް އިރު، ގިނަ ބަޔަކަށް ވަނީ ހައްޖުގެ މަތިވެރި އަޅުކަމުން މަހްރޫމްވާން ޖެހިފަ އެވެ.

އިސްރާއީލުން ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް، ދަތުރުފަތުރު ހިފަހައްޓާފައިވުމުގެ ސަބަބުން، ޣައްޒާގެ އެއްވެސް މީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތެއް މިއަހަރަކު ނުލިބެ އެވެ.

ޣައްޒާގެ ބާޒާރުތަކުން އުޟުހިޔާ ކަތިލާނެ ކަންބަޅި ބަކަރި ނުވަތަ ގެރި ފެންނާކަށް ނެތެވެ. އުތުރު ޣައްޒާގެ ބައިތު ލާހިޔާއިން ރެފިއުޖީ ކެމްޕަކަށް ބަދަލުވި އުމުރުން 43 އަހަރުގެ އިމާދު ސުހްވައިލް ބުނި ގޮތުގައި، ޖަނަވާރުތައް ނެތުމުގެ ސަބަބުން އީދުގެ އުފާވެރިކަން ވަނީ ގެއްލިފަ އެވެ. ކުރިން 400 އާއި 600 ޑޮލަރާ ދެމެދުގެ އަގަކަށް ލިބުނު ކަންބަޅިއެއްގެ އަގު މިހާރު ވަނީ 6,000 ޑޮލަރަށް އުފުލިފަ އެވެ. މިއީ އާންމު އާއިލާތަކަށް އަތްފޯރާ ފަށުގެ އަގުތަކެއް ނޫނެވެ.

Advertisement

Advertisement 1

ޣައްޒާގެ ޗޭމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޕެސްޓޯރަލް ސެކްޓަރުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފަ އެވެ. ގިނަ ފާމްތައް ހަލާކުވެ، ދިރިހުރި ޖަނަވާރު އެތެރެކުރުން އިސްރާއީލުން ވަނީ މަނާކޮށްފަ އެވެ.

މިފަދަ ހިތްދަތި ހާލަތެއްގައި ވެސް ޣައްޒާގެ ރައްޔިތުން ތިބީ ކެތްތެރިކަމާއެކުގަ އެވެ. "އަހަރެމެން މިތިބީ ހިސާރުކޮށްފައި. ހައްޖަކަށް ނުދެވޭ، ފަރުވާއެއް ނުލިބޭ، އުޟުހިޔާއެއް ނުކަތިލެވޭ. އެކަމަކުވެސް އަހަރެމެން އުންމީދު ކަނޑައެއް ނުލަން،" 63 އަހަރުގެ ފައުޒީ ހަމްދާން ބުންޏެވެ.

ކާބޯތަކެއްޗާއި ބޭހާއި ތެލުން މަހްރޫމްވެފައިވާ ޣައްޒާގެ ރައްޔިތުން ދަނީ މި ބޮޑު އީދުގައި ވެސް ހަނގުރާމަ ހުއްޓި، އަމާންކަމާއެކު އަލުން ދިރިއުޅުން އާރާސްތުކުރެވޭނެ ދުވަހަކަށް އުންމީދު ކުރަމުންނެވެ.

ޣައްޒާއިސްރާއީލްއަޟްހާ އީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

14 ގަޑިއިރު ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

6 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

16 ދުވަސް ކުރިން - 14:25

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައިފި؛ ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައި ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

19 ދުވަސް ކުރިން - 07:41