Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ވެސް ތާއީދުކޮށްފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ވެސް ތާއީދުކޮށްފި

މަރްޔަމް މާޙީ
91 ދުވަސް ކުރިން - 12 މާޗް 2026 11:47
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު- ފޮޓޯ: މަޖިލިސް
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު- ފޮޓޯ: މަޖިލިސް
ޚުލާސާ

މަޖިލިސް މެންބަރެއްގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، ސިޔާމް އަބަދުވެސް އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް ކަމަށް ފާހަގަކޮށްފައިވޭ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ތާއީދުކޮށްފިއެވެ.

އެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ މަސްލަހަތަށް ބަލާއިރު، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެއްކޮށްލުން ކަމަށެވެ.

އަދި އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

Advertisement

Advertisement 1

އެ ޕާޓީން ބުނި ގޮތުގައި، ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަކީ އަބަދުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތަކަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.

އަދި މަޖިލިސް މެންބަރެއްގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، ސިޔާމް އަބަދުވެސް އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

މައި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު މިދިޔަ މަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި އިސްލާހު ތަސްދީގުކުރައްވާނީ، އޭޕްރީލް 4 ގައި ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ތާއީދު ލިބިއްޖެ ނަމައެވެ.

މެމްބަރު އަހްމަދު ސިޔާމް މުހައްމަދުރިޔާސީ އިންތިޚާބުއެމްޑީއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

17 ދުވަސް ކުރިން - 13:16

ވިޔަފާރިވެރިންގެ ހިތް ފަތަހަކޮށްލި ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

19 ދުވަސް ކުރިން - 21:53

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

53 ދުވަސް ކުރިން - 14:51

ރައްޔިތުން ނިންމީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ނުބާއްވަން!

ރައްޔިތުން ނިންމީ 2 އިންތިހާބު އެކުގައި ނުބާއްވުން!

67 ދުވަސް ކުރިން - 13:37

ކައުންސިލް އިންތިހާބު: މިހާތަނަށް 58,819 މީހުން ވޯޓުލައިފި

މިހާތަނަށް 58,819 މީހުން ވޯޓުލައިފި

68 ދުވަސް ކުރިން - 12:00

އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ގެންނަ އިސްލާހަކީ ދުސްތޫރީގޮތުން ހުއްދަ ބަދަލެއް: އާޒިމާ

"އިންތިހާބުތަކަށް ގެންނަ އިސްލާހަކީ ދުސްތޫރީގޮތުން ހުއްދަ ބަދަލެއް"

74 ދުވަސް ކުރިން - 18:51