Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ހުސައިން އިސްމާއިލް
63 ދުވަސް ކުރިން - 13 ޖޫން 2026 11:24
އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ---
އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ---
ޚުލާސާ

11:00 އާ ހަމައަށް 341 މީހަކު ވޯޓުލާފައިވޭ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 1،049 ފަރާތަކަށް ލިބިގެންވޭ. މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކަށް ރިޢާޔަތްކޮށްފައި.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1,049 މީހަކަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ. އިންތިޚާބުގެ ވޯޓުލުމަށްޓަކައި ޖުމްލަ ތިން ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މީދޫގައި ބަހައްޓާފައިވާ ދެ ފޮއްޓާއި، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓެވެ.

Advertisement

Advertisement 1

މިއަދު ހެނދުނު 11:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 341 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 32.5 އިންސައްތައެވެ.

މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކަށް ރިޢާޔަތްކޮށްފައެވެ. ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާގައި ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނު ކަމަށް ދެއްކި ނަމަވެސް، ވޯޓު އަލުން ގުނުމަށްފަހު ސުހާގެ ދެ ވޯޓެއް ބާތިލުކުރުމުން ދެ ކެންޑިޑޭޓުން އެއްވަރުވިއެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ ބާތިލުކުރި ވޯޓުތަކުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެއާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު 392 އިން އެއްވަރުވީއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ދ. މީދޫޕީއެންސީއެމްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހުޅުގަނޑު އިތުރަށް ރޯކޮށްލައިފި

ކާޕެޓު ވަގު" ނަމުން މަޝްހޫރު ޝާހިދު އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާނެކަމަށް އިއުލާނުކޮށްފި

12 ގަޑިއިރު ކުރިން - 02:16

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

9 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

9 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

9 ދުވަސް ކުރިން - 08:35

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

13 ދުވަސް ކުރިން - 22:36

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

24 ދުވަސް ކުރިން - 12:49