Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަައިޝަތު ޒީނާ
412 ދުވަސް ކުރިން - 15 ޖުލައި 2025 18:51
ދަރުމަވަންތަ ސްކޫލް. / ފޮޓޯ: ޚުލާސާ
ދަރުމަވަންތަ ސްކޫލް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް.

2026 ވަނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތައުލީމީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

ތައުލީމީ ވުޒާރާއިން ވަނީ އެކަމަށް ހާއްސަކޮށް އޮންލައިން ފޯމެއް ހަދާފައެވެ. އެ ފޯމު މެދުވެރިކޮށް، ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް 1 އަށްދަރިވަރުން ވެއްދުމަށް ހުށަހެޅޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށެވެ.

މި އަހަރު އަލަށް މާލެ ސަރަހައްދަށް ގްރޭޑް 1 އަށް 2،000 އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވާ ކަމަށާއި އަލަށް މުޅި ރާއްޖެއިން 5000 އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވައްދާފައިވާ ކަމަށް ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1،200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގައި 89،000 އަށްވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރަމުން އަންނަ ކަމަށް ވުޒާރާއިން ބުންޏެވެ. އޭގެ އިތުރުން 11،000 އެއްހާ ޓީޗަރުން މިފަހަރު ކިޔަވައިދެމުން އަންނަ ކަމަށާއި ސަރުކާރުގެ ސްކޫލްތަކުގައި 10،000 އަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދޭ ކަމަށް ވުޒާރާއިން ބުންޏެވެ.

ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ގަދައަށް ވިއްސާރަކުރާ ޖޫން/ޖުލައިގައި ލިބޭތީ ބެލެނިވެރިންގެ ހުރި ކަންބޮޑުވުމާ އެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީގައި ފަށައި ޑިސެމްބަރަށް ބަންދު ލިބޭ ގޮތަށް ބަދަލުކޮށްދެއްވާފައެވެ. އެ ބަދަލާއެކު އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

38 ދުވަސް ކުރިން - 15:44

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

139 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

158 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

185 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

196 ދުވަސް ކުރިން - 10:17