Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފަށައިފި

ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފަށައިފި

އަހްމަދު އީޒާން
365 ދުވަސް ކުރިން - 15 ޖުލައި 2025 16:28
ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފެށުން / ފޮޓޯ: ޑިފެންސް މިނިސްޓްރީ
ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފެށުން / ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޚުލާސާ

އެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފެށީ ކުޅުދުއްފުށި ސިޓީ އާއި އދ. މަހިބަދު އާއި ލ. ގަން އަދި އައްޑޫގައި.

މޯލްޑިވްސް ނޭޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް, މަސައްކަތަށް އަހުލުވެރި, އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަތާނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ އިއްޔެ ފަށާފައިވާ ކަމަށެވެ.

އެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުހަލާ އެންމެ ފުރަތަމަ ފަށާފައި ވަނީ ކުޅުދުއްފުށި ސިޓީ އާއި އދ. މަހިބަދު އާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ މި މަރުހަލާގައި ބައިވެރިން އިންޓަވިއު އާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެ ކަމަށެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމް ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ.

މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި އެ ޕްރޮގްރާމްގައި ބައިވެރިވުމަށް 1,244 ޒުވާނުން ކުރިމަތިލާފައިވެ އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
Ad
Ad

ގުޅޭ ޚަބަރުތައް

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

90 ދުވަސް ކުރިން - 20:54

ދިވެހި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި،ބައިވެރިވުމަށް ހުޅުވާލައިފި

105 ދުވަސް ކުރިން - 19:45

ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ރާއްޖޭގެ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

112 ދުވަސް ކުރިން - 22:10

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗުގައި ބައިވެރިވުމަށް ހުޅުވާލައިފި

127 ދުވަސް ކުރިން - 15:42

ފަހު ދިހައެއްގައި އެޕްލިކޭޝަން ޕްރޮސެސް ކުރާނީ އަންގާރަ އަދި ބުރާސްފަތި ދުވަހު: ޑިފެންސް މިނިސްޓްރީ

ދެދުވަހައެއްގައި އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނަން: ޑިފެންސް މިނިސްޓްރީ

127 ދުވަސް ކުރިން - 15:39

އިބޫ ވިއްކާލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބަލަހައްޓާނަން: ޑިފެންސް

"ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަނޑުގެ ސަރަހައްދު ބަލަހައްޓާނަން"

160 ދުވަސް ކުރިން - 18:15

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%