Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޫރިޔާގެ ދާޚިލީ ކަންތަކުގެ ތެރެއަށް ޔަހޫދީން ވަދެ 18 ސިފައިން ޝަހީދުކޮށްލައިފި

ސޫރިޔާގެ ދާޚިލީ ކަންތަކުގެ ތެރެއަށް ޔަހޫދީން ވަދެ 18 ސިފައިން ޝަހީދުކޮށްލައިފި

ޖަވާދު
376 ދުވަސް ކުރިން - 15 ޖުލައި 2025 13:44
ސީރިއާގެ ސިފައިންތަކެއް ނަމާދުކުރަނީ / ފޮޓޯ: ބީ.ބީ.ސި
ސީރިއާގެ ސިފައިންތަކެއް ނަމާދުކުރަނީ / ފޮޓޯ: ބީ.ބީ.ސި
ޚުލާސާ

ސޫރިއާގެ ދްރޫޒީންނާއި ބަދަވީންގެ ހަމަނުޖެހުންތަކުގެ ތެރެއަށް ޔަހޫދީން ވަދެ 18 ސިފައިން ޝަހީދުކޮށްލައިފި.

ސޫރިޔާގެ ސަރަޙައްދީ މިނިވަންކަމަށް އަރައިގަނެ، ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ފައުޖުން ދިން ލާއިންސާނީ ޙަމަލާތަކެއްގައި، ސޫރިޔާގެ އަސްކަރިއްޔާގެ 18 ސިފައިން ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަލް-ސުވަޔިދާގައި ދްރޫޒީ ވަންހައިގެ މީހުންނާއި ބަދަވީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުވުމަށް، އެ ސަރަޙައްދަށް ދަތުރުކުރި ސޫރިޔާ ސިފައިންގެ އަސްކަރީ ޓޭންކުތަކަށެވެ.

ސޫރިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޒަޔަނިސްޓުންގެ މި ޙަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ދްރޫޒީންގެ އާބާދީ ބޮޑު ސުވަޔިދާ ސަރަޙައްދަށެވެ. މި ޙަމަލާތައް ޔަހޫދީން އަމާޒުކުރީ ސޫރިޔާގެ ދާޚިލީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރި އަސްކަރީ ޓޭންކުފަހަރަށެވެ. ސުވަޔިދާގައި ދިރިއުޅޭ ދްރޫޒީންނާއި ބަދަވީންނާއި ދެމެދު މި ހަމަނުޖެހުން ހިނގަން ފަށާފައިވަނީ މި ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

ސޫރިޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޙަސަން ޢަބްދުލްޣަނީ ވިދާޅުވީ، ސުވަޔިދާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކަކުން ވެސް ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިންނަށް ޙަމަލާތަކެއް ދީފައިވާ ކަމަށާއި، އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިން ޒަޚަމުވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ދަރިކޮޅަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތްތަކެއް ކަން އޭނާ ސާފުކޮށްދެއްވައިފައެއް ނުވެއެވެ. މީގެ އިތުރުން ސޫރިޔާގެ ސިފައިންނާއި ޢާންމުންނާއި ދެމެދު ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

Advertisement 1

ސޫރިޔާގެ އަސްކަރީ ޓޭނަކުތަކަށް ޙަމަލާ ދިން ކަމަށް ޔަހޫދީން ވެސް އެއްބަސްވެއެވެ. އެ މީހުން ބުނީ، ޙަމަލާ ދިނީ ދްރޫޒީންގެ ޙިމާޔަތުގައެވެ.

ޒަޔަނިސްޓު އިސްރާއީލުގައި ވެސް ދްރޫޒީ ވަންހައިގެ 120,000އެއްހާ މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު އިންސައްތައެއް ދިރިއުޅެނީ، ޔަހޫދީން ޣައިރު ޤާނޫނީ ގޮތުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކުގައެވެ.

ސުވަޔިދާގައި ދިރިއުޅޭ ދްރޫޒީންނާއި ބަދަވީންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 30އެއްހާ މީހުން ވަނީ މަރުވެފައެވެ. ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އެ ސަރަޙައްދަށް ސިފައިން ފޮނުވާފައި ވަނީ އެ ހަމަނުޖެހުންތައް ހުއްޓުވުމުގެ ނަމުގައެވެ.

ސީރިއާމެދުއިރުމަތިއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

17 ގަޑިއިރު ކުރިން - 20:07

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

5 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

7 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

7 ދުވަސް ކުރިން - 13:12

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51