Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކެންސަރު ހޮސްޕިޓަލުގެ އިދާރީ މަސައްކަތް ނިމިއްޖެ، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސިއްހީ ވަޒީރު

ކެންސަރު ހޮސްޕިޓަލުގެ އިދާރީ މަސައްކަތް ނިމިއްޖެ، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސިއްހީ ވަޒީރު

އައިޝަތު ރުވާ ރިފްޢަތު
331 ދުވަސް ކުރިން - 15 ޖުލައި 2025 12:16
"އަހާ" ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވަޒީރު ނާޒިމް ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
"އަހާ" ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވަޒީރު ނާޒިމް ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވި.

ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ މަސައްކަތެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެތެރޭގައި މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބެލުމާއި، ހޮސްޕިޓަލުގެ ކޮންސެޕްޓް އެކުލަވާލުން ހިމެނެއެވެ. ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު ވާހަކައިގައި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކެންސަރު ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމައު ދުރުކުރުމަށް، ޖެނެރޭޝަން ބޭންއެއް ތައާރަފުކޮށް، ވޭޕް ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ. މި ފިޔަވަޅުތަކަކީ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅުތަކެކެވެ.

މިކަމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ މިހާރުގެ ސަރުކާރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމްއަހާ ފޯރަމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

46 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

47 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

50 ދުވަސް ކުރިން - 18:05

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

57 ދުވަސް ކުރިން - 19:21

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

65 ދުވަސް ކުރިން - 12:56