މާމިގިލިން ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މުހައްމަދު ޖަމްޝަތު | 7 ގަޑިއިރު ކުރިން - 14 ޖުލައި 2025 20:55
އދ. މާމިގިލި. އެރަށުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ވަނީ ފަށައިފައި--- ފޮޓޯ:އޯރެންމޯލްޑިވްސް
އދ. މާމިގިލި. އެރަށުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ވަނީ ފަށައިފައި--- ފޮޓޯ:އޯރެންމޯލްޑިވްސް
ޚުލާސާ

ފީނަން ދިޔައީ ހަތަރު ކުދިން އެކީގައި. ގެއްލިގެން ރިޕޯޓުކުރީ މިރޭ 7:00 ހާއިރު

އދ. މާމިގިލި ކައިރިއަށް ބޯވަނަގަން ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާމިގިލި ކައިރިއަށް ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭ 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އަދި އެރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި ކުދިން ފީނަން ދިޔައީ ބޯވަ ނެގުމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%